މީޑިއާނެޓް

އަހަރުގެ އެންމެ ބޮޑު ކުޅިވަރުގެ ދުވަސް، މެޗްތައް މީޑިއާ ނެޓުން ލައިވްކޮށް

Oct 24, 2021

ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ކުރިއަށްދާ ކުޅިވަރުގެ ހުރިހާ އިވެންޓެއް މީޑިއާ ނެޓުން ލައިވްކޮށް ދައްކާނެ އެވެ.

މިއަދު ދުނިޔޭގެ މަޝްރަހުން ފާހަގަކޮށްލެވޭ ކުޅިވަރުގެ ފަސް އިވެންޓެއްގެ މެޗުތައް ކުރިއަށްދާނެ އެވެ. އެގޮތުން ސްޕެއިން އެންމެ ފޯރި ގަދަ ފުޓްބޯޅަ ލީގް-- ލަލީގާ-- ގައި ބާސެލޯނާއާއި ރިއަލް މެޑްރިޑް ކުރިމަތިލާނެ އެވެ.

ދިވެހިިންގެ ގިނަ ބަޔަކު ސަޕޯޓްކުރާ މި ދެ ޓީމުގެ މެޗް އޮންނާނީ މިއަިދު ރާއްޖެ ގަޑިިން އިއުއޮއްސި 7:15 ގަ އެވެ. މީޑިއާ ނެޓްގެ އައިސް ސްޕޯޓްސް އިން މެޗް ލައިވް ކުރާނެ އެވެ.

މިރޭ 8:30 ގައި ޕިރިމިއާ ލީގްގެ ފޯރި ގަދަ މެޗެއް ވެސް އޮންނާނެ އެވެ. އެ މެޗްގައި ކުޅެނީ ދިވެހިން އެންމެ ބޮޑަށް ސަޕޯޓް ކުރާ މެންޗަސްޓާ ޔުނައިޓެޑާއި ލިވަޕޫލް އެވެ. ފޯރިގަދަ އެ މެޗް ބެލުންތެރިންނަށް އައިސްޓީވީ އައި ޕީއެލްޓީވީ އެޗްޑީ އިން ލައިވްކޮށް ބަލައިލެވޭނެ އެވެ.

ފްރާންސް ފުޓްބޯޅަ ފޭނުން އެންމެ އިންތިޒާރު ކުރާ ލީގް ވަންގެ ފޯރިގަދަ މެޗެއް މިރޭ 11:45 ގައި ވެސް އޮންނާނެ އެވެ. މި މެޗްގައި ވާދަކުރަނީ ޕީއެސްޖީ އާއި މާރްސެއިލީ އެވެ. ވީއެޗް ވަން އެޗްޑީ އަދި ސްޕޯޓްސް ވަން އެޗްޑީ އިން މި މެޗް ލައިވްކޮށް ބަލައިލެވޭނެ އެވެ.

ދެން އޮތީ އިންޑިއާ އަދި ޕާކިސްތާނުގެ ރައްޔިތުންނަށް އެންމެ ފޯރިގަދަ މެޗެވެ. އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕްގެ މެޗެވެ. މި މެޗްގައި އިންޑިއާ އަދި ޕާކިސްތާނު މިރޭ ކުރިމަތިލާނެ އެވެ. މި ފޯރި ގަދަ މެޗް މިރޭ 7:00 ގައި ސްޓާ ސްޕޯޓްސް އެޗްޑީ އަދި ސްޓާ ސްޕޯޓްސް ސެލެކްޓް 1 އެޗްޑީ އިން ވަގުތުން ބަލާލެވޭނެ އެވެ.

މިރޭގެ މި ފޯރިގަދަ ކުރިމަތިލުންތައް މީޑިއާ ނެޓުގެ ކަސްޓަމަރުންނަށް އެމްއެސް އެޕް މެދުވެރިކޮށް ފޯން، ލެޕްޓޮޕް އަދި ޓެބްލެޓުން ވެސް ކޮންމެ ތާކު ހުރެގެންވެސް، ކޮންމެ ޑިވައިސް އަކުންވެސް ބަލައިލެވޭނެ އެވެ.