ކޭ-ޕޮޕް ގެ އެންމެ ބޮޑު އެވޯޑް ޝޯ - އެމްނެޓް އޭޝިއަން މިއުޒިކް އެވޯޑްސް (އެމްއޭއެމްއޭ) ލައިވްކޮށް މީޑިއާނެޓުން ދައްކަން ވަނީ ހަމަޖެހިފަ އެވެ.
މީޑިއާ ނެޓުން ބުނީ އެވޯޑް ޝޯ މާދަމާ މެންދުރު 12 ގައި ލައިވްކޮށް ދައްކާނެ ކަމަށެވެ. އިވެންޓް ލައިވް ކުރަނީ ޓީވީއެން - ޗެނަލް ނަންބަރު 811 - އިން ކަމަށެވެ. އިންގްލިޝް ސަބްޓައިޓަލާއި އެކުގައި ލައިވް އިވެންޓް ކުރިއަށްދާނެ ކަމަށް ވެސް ބުނެ އެވެ.
އެމްނެޓް އޭޝިއަން މިއުޒިކް އެވޯޑްސް މި އަހަރު ހޯސްޓު ކުރަނީ ކޮރިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި ފިލްމީތަރި ލީ ހައިރީ އެވެ. މިއީ ފުރަތަމަ ފަހަރަށް މި އެވޯޑް ޝޯ އަންހެން ފަންނާނަކު ހޯސްޓުކުރާ ފަހަރެވެ. މީގެ އިތުރުން އޭނާ ކޮރިއާގެ ނަށާ ގްރޫޕެއް ކަމަށްވާ ސްޓީރްޓް ވުމެން ފައިޓާއާއި އެކުގައި ޕާފޯމްކުރާނެ އެވެ.
މީގެ އިތުރުން އިނގެރޭސި މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އެޑް ޝީރީން ވެސް އެވޯޑް ޝޯގައި ޕާފޯމް ކުރާނެ ކަމަށާއި ކޮރިޔާގެ ވޯނާ ވަން ބޭންޑުން ވެސް ލަވަ ކިޔަން ވަނީ ހަމަޖެހިފައި ކަމަށެވެ. އަދިވެސް ކޮރިޔާގެ މަޝްހޫރު ހަތަރު ބޭންޑަކުން އެވޯޑް ޝޯގައި ޕާފޯމް ކުރާނެ އެވެ.
މި ޝޯގައި ރެޑް ކާޕެޓް ފެނިގެންދާނީ މާދަމާ މެންދުރު 12 ގަ އެވެ. އަދި އެވޯޑް ޝޯ 2:00 ޖަހާއިރުގައި ޓީވީއެން - ޗެނަލް ނަންބަރު 811 - އިން ބައިލެވޭނެ ކަމަށާއި އެމްއެސް މީޑިއާނެޓް އެޕުން ވެސް ބެލޭނެ އެވެ.
އެހެންކަމުން މި ޝޯއަކީ ކޭ-ޕޮޕްއަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިވެންޓަކަށް ވާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.