މީޑިއާނެޓް

ޔޫރަޕް ޗެމްޕިއަނުންގެ ކުރިމަތިލުން މީޑިއާ ނެޓުން

Sep 13, 2021
2
0%
0%
0%

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެންޕިއަންސް ލީގުގެ ފޯރިގަދަ މެޗުތައް މީޑިއާ ނެޓުން ބަލައިލެވޭނެ އެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ އިތުރުން 31 ޓީމެއްގެ ތަފާތު މޮޅު ކުޅުން ފެނިގެންދާނެއެވެ. މެޗުތައް ކުޅެން ފަށަނީ މާދަމާ ރޭ ރާއްޖެ ގަޑިން 9:45 އެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ވޭތުވެދިޔަ އަހަރުތަކަށްވުރެ ފޯރިގަދަ ވާނެ މައިގަނޑު ސަބަބަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ހީނުކުރާ ކަހަލަ ތަފާތު ޓްރާންސްފާ ތަކެއް ފެނިގެން ގޮސްފައިވުމެވެ. ދުނިޔެ ދުށް އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ މެސީ ޕީއެސްޖީއަށް ކުޅޭއިރު ރޮނާލްޑޯ ކުޅޭނީ އޭނަގެ ކުރީގެ ޓީމް މެންޗެސްޓާ ޔުނައިޓަޑަށެވެ.

އެންމެފަހުން ރޮނާލްޑޯ މެންޔޫއާ އެކު ޗެމްޕިއަންސް ލީގު ކުޅެފައިވަނީ 2009 ވަނަ އަހަރެވެ. ރޮނާލްޑޯ މެންޔޫ އާ ގުޅުމަށްފަހު ކުޅޭ އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގުގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 14 ވަނަ ދުވަހުގެ ރޭ 9:45 އެވެ. ޕީއެސްޖީ ޖާޒީގައި މެސީ ކުޅޭ ފުރަތަމަ ޗެމްޕިއަންސް ލީގުގެ މެޗް އޮތީ 16 ވަނަ ދުވަހުގެ މެންދަމު 12:00 އެވެ.

އަދިވެސް ފޯރިގަދަ މެޗްތަށް މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައި ވާއިރު މި ހުރިހާ މެޗެއްވެސް މީޑިއާނެޓުގެ ޗެނަލްތަކުން ފެނިގެންދާނެއެވެ.

ކޮންމެތާކު ހުރެގެންވެސް މި މެޗުތައް މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަން ބޭނުންކޮށްގެން ސްމާޓް ޑިވައިސް (ފޯނު، ލެޕްޓޮޕް އަދި ޓެބްލެޓު) ބޭނުން ކޮށްގެން ބަލާލެވޭނެ އެވެ. އަދި އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ ގެންގުޅުއްވާ ފަރާތްތަކުން ޑީކޯޑަރަކާއި ނުލައި އެމްއެސްޓީވީ އެޕް މެދުވެރިކޮށް މި މެޗުތައް ބަލާލެވޭނެ އެވެ.

ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ ގަޑިތައް މީޑިއާނެޓްގެ ސޯޝަލްމީޑިއާ ޕޭޖުތަކުންނާއި "ލައިވް އިވެންޓްސް" ފީޗާ މެދުވެރިކޮށް މީޑިއާނެޓުގެ "ބީމެއިލް" އިން ބަލާލެވޭނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910