ޝިދާތާ ޝަރީފު

ޝިދާތާ ވަރިކުރި ވާހަކައަކީ ދޮގެއް: ޒިޔާ

ކުރީގެ ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) ގެ ކައިވެނި ރޫޅާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޒިޔާ ދޮގުކޮށްފި އެވެ.

ޝިދާތާ އާއި ޒިޔާ ކައިވެނި ކޮށްފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. ވަރަށް ގިނަ ބައެއްގެ ޝައުގު އެ ކައިވެންޏަށް ހުއްޓުނެވެ. ކައިވެންޏަށް ފަހު އެކި ގޮތްގޮތަށް ޝިދާތާ އާއި ޒިޔާގެ ވާހަކަތައް ދެކެވެއެވެ. މިއަދު ސޯޝަލް މީޑިއާގައި އަދި ބައެއް ނޫސްތަކުގައި ވަނީ ޝިދާތާ އާއި ޒިޔާގެ ކައިވެނި ރޫޅާލާފައިވާ ކަމަށް ބުނެ ވާހަކަތަކެއް ފަތުރާފައެވެ.

އަވަސްއާ ވާހަކަ ދައްކަމުން ޒިޔާ ދެންމެ ބުނީ އެ މީހުންގެ ކައިވެނި ރޫޅިފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ބުހުތާނު ދޮގު ކަމަށެވެ. އަދި އެފަދަ ޒިންމާދާރު ކަމެއް ނެތް ވާހަކަތައް ފެތުރުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

"ޝިދާތާއަކީ އަދިވެސް އަޅުގަނޑުގެ ހަލާލު އަނބިމީހާ. އަޅުގަނޑު ޝިދާތާ ވަރިއެއް ނުކުރަން. އަޅުގަނޑުމެން ދެ މީހުންނަށްވެސް ނޭންގެ މިގޮތަށް ބަޔަކު ވާހަކަ ފަތުރަނީ ކީއްވެ ކަމެއް. އެކަން ކުށްވެރިކުރަން،" ޒިޔާ ބުންޏެވެ.

ޝިދާތާ ޒިޔާއާ އެންގޭޖްވީ ޖަނަވަރީ މަހު އެވެ. އެންގޭޖްވީ ތިން މަހެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ކަމަށް ޝިދާތާ މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ޝިދާތާ އާއި ޒިއާއަށް ވެސް އެހެން ކައިވެންޏެއްގައި ބޭފުޅުން ލިބި ވަޑައިގެންފައި ވެއެވެ.

ޒިޔާއަކީ ފިލްމްކުޅޭ މީހަކަށް ވިޔަސް ފިލްމު ކުޅުމުގެ ޝައުުގުވެރިކަމެއް ނެތް ކަަަމަށާއި ނަަމަވެސް އިޖުތިމާއީ މައްސަލަތަކަށް ހަދަ ފިލްމެއް ޕްރޮޑިއުސްކުރަން ޝައުގެވެރިވާ ކަމަށް ޝިދާތާ ވަނީ ވިދާޅުވެފަ އެވެ.