ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

219،661 މީހުން ވެކްސިން ފުރިހަމަކޮށްފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 219،661 މީހަކު ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދޭން ފަށާފައިވާއިރު އެޗްޕީއޭ އިން ބުނީ އިއްޔެ 6609 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 2065 މީހަކާއި މާލެއިން ވެކްސިން ދިން 4544 މީހެކެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. އިއްޔެ ވަނީ 273 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 87 މީހަކާއި މާލެއިން ވެކްސިން ދިން 186 މީހެކެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް 318142 މީހަކަށް ވަނީ ދީފަ އެވެ.