މައިކްރޮސޮފްޓް

ސަޕްލައި އެމްވީއަށް މައިކްރޯސޮފްޓުގެ ސްޓާޓްއަޕެއް

ފަަށައި ގަންނަ ވިޔަފާރިތަކަށް ދުނިޔޭގެ މަޝްހޫރު ސޮފްޓެވެއާ ކުންފުނި "މައިކްރޯ ސޮފްޓް" އިން ދޭ "ސްޓާޓް އަޕް" ޕްރޮގްރާމަކަށް ރާއްޖޭގެ ސަޕްލައި އެމްވީ ހޮވިއްޖެ އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ "ބީ ޓް ބީ" ކުންފުނިން ހިންގާ ސަޕްލައި އެމްވީ އިން ބުނީ "މައިކްރޮސޮފްޓް ފޯ ސްޓާޓަޕްސް" ގެ ސަބަބުން އެ ކުންފުނީގެ މަސައްކަތް ފުޅާ ކުރަން އިތުރު ހިތްވަރަށް ވެގެން ދާނެ އެވެ.

އެ ކުންފުނިން ބުނީ ސަޕްލައިއެމްވީ އިން ރާވާފައިވާ އިވެންޓުތަކުގައި މައިކްރޮސޮފްޓުގެ ޓެކްނޮލޮޖީތަކާއި ޕްރޮޑަކްޓްތައް ބޭނުން ކުރާނެ ކަމަށެވެ. އަދި މިހާރު ދެމުންދާ ހިދުމަތްތައް ވެސް ކުރިއަށް ވުރެ ފެންވަރު ރަނގަޅުކޮށް ފަސޭހަ އަދި ސެކިއުރިޓީއާއެކު ދެވޭނެ އެވެ.

ބީ ޓް ބީ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ރާއިދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހިދުމަތްތައް ބޭނުން ކުރަމުން އަންނަ ދިވެހި ކުންފުނިތަކާއި އިރުމަތީ އޭޝިއާގެ ކުންފުނިތަކަށް މިހާރު ދެމުން ގެންދާ ހިދުމަތްތައް ވެސް އިތުރަށް ފުޅާ ކުރާނެ އެވެ.

"މައިކްރޮސޮފްޓް ފޯ ސްޓާޓަޕްސް ޕްރޮގްރާމަށް މުޅި ދުނިޔެ އިން ވެސް ހޮވުނު މަދު ކުންފުނި ތަކުގެ ލިސްޓުގައި އަޅުގަނޑުމެން ހޮވުނު ކަމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. މި ފުރުސަތުގެ ބޭނުން އަޅުގަނޑުމެން އެންމެ ފުރިހަމަ ހިފާނަން،" އޭނާ ވިދާޅުވި އެވެ.