މައިކްރޮސޮފްޓް

ގަޑިއިރެއްގެ ތެރޭގައި މައިކްރޯސޮފްޓަށް 23 ބިލިއަން ޑޮލަރުގެ ގެއްލުން

މައިކްރޯސޮފްޓަށް ހުކުރު ދުވަހު ދިމާވި ޓެކްނިކަލް މައްސަލަ އާއި ގުޅިގެން އެ ކުންފުންޏަށް 23 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފި އެވެ.

ޓެކް ޖަޔަންޓް -- މައިކްރޮސޮފްޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ ކުންފުނީގެ އައިޓީ ސިސްޓަމަށް ބޮޑު ކްރެޝްއެއް ކުރިމަތިވި އެވެ. މިކަމުގެ ސަބަބުން އެ ކުންފުނިން ފުޅާދާއިރާއެއްގައި ދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބުރޫއެރުމާ ގުޅިގެން ހިއްސާގެ އަގު ވަރަށް ބޮޑަށް ދަށްވި އެވެ.

ދުނިޔޭގެ ނުފޫޒުގަދަ ކުންފުނިތަކުގެ އޮޕަރޭޝަންތަކަށް އަސަރުކުރި މި ގްލިޗްގެ ސަބަބުން ގަޑިއެއްހާއިރުގެ ތެރޭގައި މައިކްރޮސޮފްޓްގެ މާކެޓް ވެލިއުއަށް ގާތްގަނޑަކަށް 23 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ.

އިންވެސްޓްމަންޓް ޕްލެޓްފޯމް ސްޓޮކްލައިޓިކްސްގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މައިކްރޮސޮފްޓްގެ ހިއްސާގެ އަގު 443.52 ޑޮލަރުން 440.37 ޑޮލަރަށް ވެއްޓިފައިވާއިރު މިއީ 0.71 ދަށްވުމެކެވެ.

މިކަމުގެ ސަބަބުން ކުންފުނީގެ ޖުމްލަ އަގަށް ބޮޑު އަސަރެއް ކުރިއިރު ކަރަންޓް ކެނޑުމުގެ ކުރިން އެ ކުންފުނީގެ އަގު ހުރީ 3.27 ޓްރިލިއަން އެމެރިކާ ޑޮލަރު ގައެވެ.

މި ދަށްވުމުގެ ސަބަބުން މައިކްރޯސޮފްޓްގެ ޖުމްލަ އަގަށް ބޮޑު އަސަރެއް ކުރިއިރު، ކަރަންޓް ކެނޑުމުގެ ކުރިން އެ ކުންފުނީގެ އަގު ހުރީ 3.27 ޓްރިލިއަން ޑޮލަރަށެވެ.

އައިޓީ ކްރެޝްގެ އަސަރު އެކި ދާއިރާތަކުން އިހުސާސް ކުރެވުނެވެ. ފްލައިޓްތައް ގްރައުންޑްކޮށް، ޓީވީ ޗެނަލްތައް މެދުކެނޑުމާއި، ހޮޓަލް ބުކިންތަކާއި، ފައިސާ ދެއްކުން މެދުކެނޑި، މައިކްރޮސޮފްޓްގެ ހިދުމަތްތަކަށް ބަރޯސާވުމުގެ ސަބަބުން ގިނަ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

މި ގްލިޗް ހައްލުކޮށް، އޭގެ އަސަރުތައް ކުޑަކުރުމަށް މައިކްރޮސޮފްޓުން މަސައްކަތް ކުރަމުންދާއިރު އިންވެސްޓަރުންނާއި ވިޔަފާރިތަކުން ވެސް ދަނީ ހާލަތު ވަރަށް ގާތުން މޮނިޓަކުރަމުންނެވެ. މިކަމަށް އަވަސް ހައްލެއް ހޯދައި، އަރައިގަތުމުގެ ގާބިލްކަން އަދި ޓެކް ކުންފުނީގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމާއި، ފުޅާ ޔޫޒަ ބޭސްގެ މެދުގައި އިތުބާރު އަލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް އެކުންފުނިން ކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.