ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ފުރިހަމަކުރި އަދަދު 220،000 އަށް

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 220،000 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ހުކުރު ދުވަހު 1،289 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން މީހުންނެވެ. ހުކުރު ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ކުރިއަށް ނުގެންދެއެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 318،142 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު އިތުރުވަމުން ދަނީ މާޗް މަހުން ފެށިގެން މެދުކެނޑިފައި އޮތް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފެށުމުންނެވެ. ކޮވިޝީލްޑްގެ އާ ސްޓޮކެއް ތިން މަސް ލިބި ވެކްސިން ޖަހައި ދޭން ފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. ކޮވިޝީލްޑް ވެކްސިން މިހާރު ޖަހައި ދެނީ ދެވަނަ ޑޯޒް ޖަހަން ޖެހޭ މީހުންނަށް އެކަންޏެވެ. އެ ވެކްސިން ޖަހައިދެނީ ވެސް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

މީގެ އިތުރުން ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވީ މީހުންނަށް ކަރަންޓީނާއި ނުލައި ދަތުރުވެސް ކުރެވޭނެ އެވެ.