އެމްއާރުއެމް

ރަކީދޫ ޑަބްލިއުޑީސީގެ ތިން ގޮނޑި އެމްއާރްއެމަށް

ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑިއަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޓިކެޓްގައި ކުރިމަތިލީ ތިން ކެންޑިޑޭޓުން އިންތިހާބަކާއި ނުލައި ހޮވިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރަކީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ތިން ކެންޑިޑޭޓުން ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގައި ފަސް މެންބަރުން ތިބެން ޖެހެއެވެ.

އެމްއާރްއެމްގެ ތިން ކެންޑިޑޭޓުން އިންތިހާބަކާއި ނުލައި ހޮވިފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިނުވާތީ އެވެ.

ރަކީދޫގެ އިތުރުން ލ.މާބައިދު އާއި ހދ. ނޭކުރެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށްވެސް ހުޅުވާލިއެވެ. އެ ދެ ރަށުގެ ކޮމެޓީއަށް އިންތިހާބަކާއި ނުލައި ދެ މެންބަރުން ހޮވިފައިވެއެވެ. ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް އިންތިހާބަކާއި ނުލައި ހޮވިފައިވަނީ ޕީޕީއެމްގެ ދެ ކެންޑިޑޭޑޭޓުންނެވެ.