މުހައްމަދު ސައީދު

އޮޔާދާ އޮނެކޭ ސަރުކާރުގެ ސިޔާސަތެކޭ ތަފާތެއް ނެތް: ސަައީދު

ކަނޑުގައި އޮޔާދާ ހުސް އޮނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަަރުކާރުގެ ސިޔާސަތާއި އެއްވެސް ތަފާތެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތިކޮށް ޕާފޯމަންސް ބަލަން ގެނައި ބަދަލާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އިން ގެ މުސާރަ ބޮޑު ކުރުމާއި ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި މަސައްކަތް ކުރަމުން އައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރި ކުރުމަށް އިޝާރާތް ކުރައްވައެވެ.

ސަައީދު ވިދާޅުވީ އިގްތިސާދު ގޯސްވުމުންވެސް ވެރިންގެ މުސާރަ ވަނީ ބޮޑު ކަމަށެވެ. އަދި މުއައްޒިފުންގެ މުސާރައިން 50 އިންސައްތަ ކުޑަކޮށް ބައެއް އެހެން މުވައްޒިފުންގެ މުސާރަަަ އެއަށްވުރެވެސް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ގިނަ ކުންފުނިތަކަށް ޓެކްސްގެ ލުއި ދީފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

"ކަނޑުގައި އޮއްޔާދާ ހުސް އޮނަކާއި ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތާއި އެއްވެސް ތަފާތެއް ނެތް،" ސައީދު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެމްޑީ އާއި ޑީއެމްޑީގެ މުސާރަ ބޮޑު ވެފައިވާކަން އެނގުނީ ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޓަގަރައިޒް ކުރުމާއި މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަން އަދި ބޯޑު މެންބަރުގެ އިނާޔަތްތައް ފިނޭންސް މިނިސްޓްރީން މުރަޖައާ ކުރުމާ ގުޅިގެންނެވެ.

އެ މިނިސްޓްރީން މި އުސޫލު މުރާޖައާކޮށް ކުންފުނިތަކަށް ފޮނުވި ލިޔުމުގެ ކޮޕީއެއް ވަނީ އަވަސް އަށް ވަނީ ލިބިފަ އެވެ. މި ބަދަލާއެކު ކެޓަގައިޒްކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރަ އަށް އެވްރެޖުކޮށް 10،000ރ. އާއި 15،000 ގެ އިތުރުވުމެއް އަންނާނެ އެވެ.
އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން 111 ރަށަށް ވުރެ ގިނަ ރަށުގައި ކުންފުނީގެ ގޮފިތަށް ހިންގަމުންދާ ކުންފުނިތަކަށް "ހާޑްޝިޕް އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 16،000ރ. ދެވިދާނެ އެވެ.

އަދި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 12،800ރ. ދެވިދާނެ އެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްދޭ ކުންފުނިތަކަށް "އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 12،300ރ. ދެވިދާނެ އެވެ. އަދި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 9،840ރ. ދެވިދާނެ އެވެ.

ފިނޭންސުން އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ކުންފުނިތަކުގެ ބޯޑު މެންބަރުގެ އިނާޔަތްތައް ދެން ދޭނީ އެއް އުސޫލެއްގެ ދަށުންނެވެ. ކުރިން ސަރުކާރު ކުންފުނިތަކުގެ ޕާފޯމަންސް އެއް އުސޫލަކުން ބެލުމުގެ ބަދަލުގައި ކުންފުނިތައް ކެޓަގަރައިޒްކޮށް ޕާފޯމަންސް ބެލޭނެ ވަކި އުސޫލެއް ނެތްކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އެކި އިންޑަސްޓްރީގައި ހިންގަމުން އަންނަ ކުންފުނިތައް ހުރިއިރު އެ ކުންފުނިތައް ނިސްބަތްވާ އިންޑަސްޓްރީގެ ގޮތުން އަމިއްލަ ޒާތުގައި މާލީ ގޮތުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަޑިތައް ހާސިލް ކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ކުންފުނިތަކުގެ ޕާފޯމަންސް އެއް އުސޫލަކުން ބެލުމުގެ ބަދަލުގައި، ކުންފުނިތައް ކެޓަގަރައިޒްކޮށް ޕާފޯމަންސް ބެލޭނެ ވަކި އުސޫލެއް ނުވަތަ މިންގަނޑެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ފިނޭންސުގެ މި މި އުސޫލުގައި ކުންފުނިތަކުގެ ތެރެއިން "އޭ" އާއި "ބީ" އަދި "ސީ" އަދި "ޑީ" ގިންތީގެ ކުންފުނިތަކުގެ އެންމެ އިސްވެރިންނަށް އެންމެ ބޮޑުކޮށް އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ދެވޭނެ މިންވަރު ވެސް ކަނޑައަޅާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން މީގެ އިތުރުން "ފައިނޭންޝަލް ޕަފޯމަންސް އެލަވަންސް" އެއް ދެވޭނެ ގޮތްވެސް ވަނީ ކަނޑައަޅާފަ އެވެ. މި އެލަވަންސް ދެވޭނީ ކުންފުނިތަކުގެ މާލީ ހިސާބުތައް ރިވިއު ކުރުމަށްފަހު ކުންފުނިތަކާއެކު ކުރެވޭ މަޝްވަރާ ތަކަށް ބިނާކޮށް ކަނޑައެޅޭ ޓާގެޓްތައް ހާސިލްވެފައި ވަނީ ކިހާ މިންވަރަކަށް ތޯ ބެލުމަށް ފަހު، ހާސިލްވެފައިވާ މިންވަރަށް ދެވޭ މާކްސް އަކުންނެވެ. އަދި ފާއިތުވި އަހަރުގެ ކުންފުނީގެ މާލީ ގާބިލްކަން ދިރާސާކޮށް މި ކެޓަގަރީގެ ދަށުން މާކްސް ދެވޭނެ އެވެ.

ސަރުކާރު ކުންފުނިތައް ގިންތިކޮށްފައިވާ "އޭ" އާއި "ބީ" އަދި "ސީ" ކެޓަގަރީގެ ކުންފުނިތައް ރިވިއު ކުރުމަށްފަހު ފައިނޭންޝަލް ރޭޓިން އިން ލިބޭ މާކްސް އަށް ބަލައި 5,333ރ. އިން ފެށިގެން 30,000ރ. އާ ދެމެދުގެ އެލަންސެއް ދެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި "ޑީ" އާއި "އީ" ކެޓަގަރީގެ ކުންފުނިތަކުގެ އެންމެ އިސްވެރިންނަށް 8,000ރ. އާއި 30,000ރ. ގެ އެލަވަންސެއް ދެވޭނެ އެވެ.
ފިނޭންސުން އެކުލަވާލި މި އުސޫލަށް ބަލާއިރު އެންމެ މަތީ ގިންތީގައި ހިމެނޭ ކުންފުންޏެއްގެ އެމްޑީއެއްގެ މުސާރަ 113،000ރ. އަށްވުރެ ބޮޑު ވާނެ އެވެ. އަދި އެންމެ ދަށް ކެޓަގަރީގައި ހިމެނޭ ކުންފުނީގެ އެމްޑީއަކަށް ވެސް ވެސް ޕާފޯމަންސަށް ބަލައި 80،000ރ. ގެއަށް ގެންދިއުމުގެ ފުރުސަތު ފަހިވާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުންފުނިތައް ތަފާތު ކެޓަގަރީތަކަކަށް ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ ކުންފުނި ގިންތިކުރުމުގައި ކުންފުނީގެ "ޓޯޓަލް އެސެޓާއި" "ޕާފޯމަންސް" އަދި މުވައްޒަފުންގެ އަދަދަށް ބަލައި އެމްޑީންގެ މުސާރަ ކަނޑައެޅޭނެ އުސޫލެއް އޮތުމަކީ މެނޭޖިން ޑިރެކްޓަރުން ކުރާ މަސައްކަތާއި އުފުލާ ޒިންމާ އާއި ކުންފުންޏަށް ހޯދައިދޭ ކާމިޔާބީ އަށް ބިނާ ކޮށް މުސާރައާއި އިނާޔަތް ދިނުމަށް މަގު ފަހިވާނެ ކަމެއް ކަމަށެވެ.

ސަރުކާރު ހިއްސާވާ 21 ކުންފުނި އޮތްއިރު އަމިއްލަ ޒާތުގައި ބަޖެޓުން ފައިސާ ހޭދަނުކޮށް ހިންގެނީ ސަރުކާރުގެ މަދު ކުންފުންޏެކެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ އަށް އަސަރު ކުރުމާއެކު މިދިޔަ އަހަރު ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅު ތަކެއް އެޅި އެވެ. ނަމަވެސް ސަރުކާރުންވަނީ މި ފިޔަވަޅުތަކުގެ ބޮޑުބައި ފަހުން ދޫކޮށްލާފަ އެވެ. ނަމަވެސް މި އަހަރު ވެސް އެއް ބިލިއަން ރުފިޔާ ހަރަދު ކުޑަ ކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.