ތ. ގުރައިދޫ

ގުރައިދޫ ބަނދަރުގެ 60 ޕަސެންޓް ނިންމައިފި

ތ. ގުރައިދޫގެ ބަނދަރު މަސައްކަތުގެ 60 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުނި އެމްޓީސީސީން ބުނީ ގުރައިދޫ ބަނދަރުގެ 60 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ބުރާސްފަތި ދުވަހު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މަސައްކަތުގެތެރޭ އެ ރަށުގައި 24،485 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 325 މީޓަރުގެ ބޭރު ތޮށި ލުމާއި، 185 މީޓަރުގެ އެއްގަމުތޮށި ލުމާއި، 22 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި، 1،875 އަކަ މީޓަރުގެ ޕޭވްމެންޓް ހަދާނެ އެވެ.

ގުރައިދޫ ގައި ހިންގަނީ 46.01 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.