ބަނދަރު ޕްރޮޖެކްޓް

ގުރައިދޫ ބަނދަރުގެ އަޕްޑޭޓް ދީފި

Mar 8, 2021

ތ. ގުރައިދޫ ބަނދަރު މަސައްކަތުގެ އަޕްޑޭޓެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފި އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުނި އެމްޓީސީސީން ބުނީ ގުރައިދޫ ބަނދަރު މަސައްކަތުގެ 40 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

އެ މަޝްރޫއުގެ ދަށުން އެ ރަށުގައި 24،485 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 325 މީޓަރުގެ ބޭރު ތޮށި ލުމާއި، 185 މީޓަރުގެ އެއްގަމުތޮށި ލުމާއި، 22 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި، 1،875 އަކަ މީޓަރުގެ ޕޭވްމެންޓް ހަދާނެ އެވެ.

ގުރައިދޫ ގައި ހިނގަނީ 46.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.