ވިޒިޓް މޯލްޑިވްސް

ބްރެޒިލްގެ ދެ އިންފްލުއެންސަރުން ގެނެސްފި

ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރަން ބްރެޒިލްގެ ސޯޝަލްމީޑިއާ އިންފުލުއެންސަރުންތަކެއް ރާއްޖެ ގެނެސްފި އެވެ.

ބްރެޒިލްގެ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން ގެނެސްފައިވަނީ ދެ އިންފުލުއެންސަރެކެވެ. އެ ދެ މީހުން އައީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެ މީހުން ގެނައީ އެމްއެމްޕީއާރުސީއިން ހިންގާ ވިޒިޓްމޯލްޑިވްސް ކެމްޕޭންގެ "އިންފުލުއެންސާ ފެމް ޓްރިޕް" ސިލްސިލާގެ ތެރެއިންނެވެ.

"އިންފުލުއެންސާ ފެމް ޓްރިޕް" ގެ ތެރެއިން ގެންނަ މީހުން ރާއްޖެގެ މަންޒަރުތަކާއި ހަރަކާތްތައް ތަޖުރިބާކޮށް ސޯޝަލްމީޑިއާގައި މި މަންޒަރުތައް އިޝްތިހާރު ކުރާނެ އެވެ.