ރައްޔިތުންގެ މަޖިލީހުން ފާސްކުރި "އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާގުޅޭ ބިލު"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
މިއީ، ދިވެހިރާއްޖޭގެ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ފުރިހަމަ މެންބަރަކަށް ދިވެހިރާއްޖެ ވުމަށްޓަކައި، ކަމާބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަޤްޞަދުގައާއި، އެ ބޭންކްގެ މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި އުފެއްދި ޤާނޫނެކެވެ.
މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.