ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަޝީދުގެ ނިންމެވުމަށް ރައީސް ސޯލިހުގެ ޝައުގެއް ނެތް

Jul 12, 2021
3

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެކު ސިޔާސީ ގޮތުން ކުރިއަށް ދެވެން ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރެއްވި ނަމަވެސް ރައީސް ނަޝީދުގެ ނިންމެވުމަށް ސަރުކާރުގެ ސަމާލުކަމެއް ނެތް ކަން ހާމަވެއްޖެ އެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައީސް ސޯލިހާއި ސަރުކާރުގެ ޝައުގުވެރިކަމާއި ސަމާލުކަން ނެތް ކަން ހާމަވީ ރައީސް ނަޝީދުގެ ނިންމެވުމާ ގުޅިގެން އަވަސް އިން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒާ ސުވާލުކުރުމުން ދެއްވި ފިނި ޖަވާބުންނެވެ.

މަބްރޫކް ވިދާޅުވީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ވައުދުތަކެއް ވެވަޑައިގެން ކަމަށްވާތީ ރައީސްގެ އަމާޒު ހުރީ ވައުދުތައް ފުއްދުމަށް ކަމަށެވެ.

"ރައީސްގެ އެޖެންޑާގައި ރައްޔިތުންގެ އެދޭ މުހިއްމު ކަންތައްތަކެއް ހުރުމުން ރައީސްގެ ވިސްނުން ހުރީ އެކަންކަން ހާސިލްކޮށްދިނުމަށް،" މަބްރޫކް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ރައީސް ސޯލިހާ ދުރުވުމަށް ރައީސް ނަޝީދު ނިންމެވުމާ ގުޅިގެން އިތުރު "ކޮމެންޓެއް" ނެތްތޯ ދެންނެވުމުން ވެސް މަބްރޫކް ތަކުރާރު ކުރެއްވީ ކުރިންވެސް ދެއްވި ޖަވާބެވެ.

ރައީސް ސޯލިހާއެކު ސިޔާސީގޮތުން ނުހުރެވޭނެ ކަމަށާއި ރައީސް ޔާމީންގެ އެހީތެރިކަމަށް އެދޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު ވަނީ މެސެޖުތަކެއް ކުރައްވާފަ އެވެ.