އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

އިޒްރޭލުން ފަލަސްތީނާ މަޝްވަރާކުރާނެ: ހެރްޒޮގް

އިޒްރޭލުން ފަލަސްތީނާއެކު މަޝްވަރާ ކުރާނެ ކަމަށް ޖުލައި ހަތެއްގައި އިޒްރޭލުގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި އިސާކް ހެރްޒޮގް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއާއެކު ފޯނުން ވާހަކަފުޅު ދައްކަވަމުންނެވެ.

ހެރްޒޮގްއަށް މަރުހަބާ ދެންނެވުމަށް އައްބާސް ފޯނު ކުރެއްވުމުން އުފާ ކުރައްވާ ކަމަށް ހެރްޒޮގް ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މަޝްވަރާއަށް ހުރި ފުރުސަތުތައް ދޫކޮށް ނުލައްވާނެ ކަމަށް އައްބާސްށް ދެންނެވި އެވެ.

އައްބާސް ވިދާޅުވީ ސުލްހައަށް އުންމީދު ކުރައްވާ ކަމަށާއި މަޝްވަރާއަށް އަބަދު ވެސް ތައްޔާރު ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން ކުރެވެން ހުރި އެއްވެސް ކަމަކަށް ފަލަސްތީން ހުރަހަކަށް ނުވާނެ ކަމަށް ވެސް އިޒްރޭލުގެ އާ ރައީސަށް އައްބާސް ދެންނެވި އެވެ.

ފަލަސްތީންގެ ނިއުސް އޭޖެންސިން ބުނި ގޮތުން ގާޒާއާ ހުޅަނގު އައްސޭރީގައި ސުލްހަ ދެމެހެއްޓޭނެ ގޮތެއް މުހިންމު ކަމަށް ހެރްޒޮގްއަށް އައްބާސް ދެންނެވި އެވެ. އަދި ސުލްހައިގެ ވާހަކަތައް އަލުން ފަށާއިރު ފަލަސްތީނުން ހުށަހަލާ ލިސްޓެއް ތައްޔާރު ކުރައްވާނެ ކަމަށް ވެސް އައްބާސް ދެންނެވި އެވެ.

ފަލަސްތީނާ އިޒްރޭލުން ސުލްހަ ގާއިމުކުރުމަށް ދެއްކި ވާހަކަތައް ކޮޅެއްގައި ނުޖެހި 2014 ގައި އޮތީ ހުއްޓިފަ އެވެ. އެއި އިޒްރޭލުގެ ޖަލުގަކުތައި 1993 ގެ ކުރިން ހައްޔަރުކޮށްފައި ތިބި ފަލަސްތީން މީހުން ދޫކޮށްލަން އިޒްރޭލުން އެއްބަސް ނުވުމުންނެވެ. އަދި އިޒްރޭލުން ފޭރިގެންފައި އޮތް ބިންތަކުގައި ޔަހޫދީން ގެދޮރުވެރިކުރުން ހުއްޓާލަން އިޒްރޭލުން އެއްބަސް ނުވުމުންނެވެ.