ޓޫރިޒަމް

އިންސައިޑްފްލަޔާއާއެކު ރާއްޖެ އިސްތިހާރު ކުރަނީ

Jul 13, 2021

ދުނިޔޭގެ އެކި މާކެޓްތަކަށް އަމާޒު ކޮށް ނެރޭ މަގުބޫލް އޮންލައިން ޓްރެވަލް މެގަޒިނެއް ކަމަށްވާ "އިންސައިޑްފްލަޔާ" އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަން ކެމްޕޭނެއް އެމްއެމްޕީއާރްސީން ފަށައިފި އެވެ.

"ރިޓާން ޓް މޯލްޑިވްސް" ގެ ނަމުގައި ހަތް ހަފުތާއަށް ކުރިއަށް ގެންދާ އެ ކެމްޕޭނުގައި އާންމުކޮށް ދަތުރު ކޮށް އުޅޭ އަދި ޕްރިމިއަމް ޓްރެވަލާސްއަށް އަމާޒު ކުރާނެ އެވެ. މި ކެމްޕެއިން އަމާޒު ކުރާ މާކެޓުތަކުގެ ތެރޭގައި ޖަރުމަނާއި ސްވިޒަލޭންޑާއި އޮސްޓްރިއާ އާއި އިންގިރޭސިވިލާތް ހިމެނެ އެވެ. އެ މާކެޓްތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ.

ކެމްޕޭނުގައި ހަތް ޕްރޮޕަޓީ އިޝްތިހާރުކުރުމަށް ނިންމާފައިވާ އިރު ކޮންމެ ދުވަހަކު ވެސް އެއް ޕްރޮޕަޓީ އިޝްތިހާރު ކުރާނެ އެވެ.