ގައުމީ ޔުނިވާސިޓީގެ ހުރިހާ ކެމްޕަސްތަކެއް މުއާސަލަތީ ކުންފުނި، ދިރާގުގެ ސްމާޓް ޓީޗިން ސޮއިލުޝަނުން މިރޭ ގުޅާލައިފި އެވެ.
ގައުމީ ޔުނިވާސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގު ސްމާޓް ޓީޗިން ސޮލިއުޝަން ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްދެއްވީ ދިރާގު ސީއީއޯ އިސްމާއިލް ރަޝީދެވެ. އަދި މި ސޮލިއުޝަނާ ޔުނިވާސިޓީގެ ފަރާތުން ހޮވާލުވީ ވައިސް ޗާންސެލާ އަލީ ވަފާޒް ޝަރީފް އެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ވިދާޅުވީ މިފަދަ ޕްރޮޖެކްޓައް ގައުމީ ޔުނިވާސިޓީއާ ގުޅިގެން ފެށުމަކީ ވަރަށް އުފާވެރިކަމެއް ކަމަށެވެ.
"މިއީ މުޅިން ކަސްޓަމައިޒްކޮށް މުޅި ޔުނިވާސިޓީގެ ބޭނުމަށް ކަސްޓަމައިޒް ކޮށްގެން ތައާރަފުކުރެވޭ ހިދުމަތެއް. އަޅުގަނޑުމެންނާ ގައުމީ ޔުނިވާސިޓީއާ ގުޅިގެން މި ޑިޒައިން ކުރެވިފައި މިވަނީ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސޮލިއުޝަންގެ ސަބަބުން ޔުނިވާސިޓީގެ ހަތަރު ކެމްޕަހެއް ގުޅާލެވޭނެ ކަމަށެވެ.
"މިހާރު އެހެން ކެމްޕަސްތަކުގައި ތިބޭ ކުދިން ކްލާހުގައި ތިބެ ވަގުތުން ސުވާލުކޮށް ހެދޭނެ. މީގެ އިތުރުން ލެކްޗަރާއަށް ޖަވާބު ވެސް ދެވޭނެ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިރާގުން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިޖުތިމާއީ ޒިންމާގެދަށުން ކަމަށެވެ.
"ވަރަށް ބޮޑު މަގުސަދެއް ޒުވާނުން ކުރިއެރުވުމަކީ. އެގޮތުން ސީއެސްއާރު އިނީޝިއޭޓިވްއެއްގެ ގޮތުގައި ކުރިއަށް ގެންދަނީ،" އިސްމާއިލް ވިދާޅުވި އެވެ.
ދިރާގުން ތައާރަފުކުރި ސްމާޓް ޓެކްނޮލޮޖީ މެދުވެރިކޮށް ޔުނިވާސިޓީގެ ކޯސްތައް ހިންގުމަށް ލެންޗަރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކެމްޕަސްތަކަށް ނުގޮސް ވަގުތުން ކްލާސް ނަގައި ދިނުމުގެ ފުރުސަތު ލިބެ އެވެ. މި ސިސްޓަމުން ވީޑިއޯ ފެންނާނީ އެޗްޑީ ކޮލިޓީގަ އެވެ. އަދި ކުރިއަށް ގެންދާ ފިލާވަޅުތައް ރެކޯޑުކޮށް އާކައިވް ކުރުމުގެ ގާބިލްކަންވެސް މި ސިސްޓަމަށް ލިބިފައިވެ އެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗަންސެލާ ފަވާޒް ވިދާޅުވީ ދިރާގަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ތައުލީމަށް ގިނަ އެހީތަކެއް ދެމުން ކަމަށެވެ.
"ގައުމީ ޔުނިވާސިޓީ މިހާ ހިސާބަށް އައިސްފައިވަނީ ގިނަ ބައެއްގެ ހިންމަތުން. އަޅުގަނޑު ފާހަގަ ކޮށްލަން އިންފްރާސްޓަކްޗާ ޑިވްލޮޕްމަންޓަށް 1998 ގައި އުފެދުނިއްސުރެ ޑރ. ހަސަން ހަމީދު ކޮށްދެއްވާފައި ހުރި ހިދުމަތަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ކަމެއްނޫން،" ފަވާޒް ވިދާޅުވި އެވެ.