ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކޮމިއުނީޓ ފަންޑުން 50 މަޝްރޫއު ހިންގައިފި

Jul 13, 2021

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ން މިހާތަނަށް 50 ޕްރޮޖެކްޓް ހިންގައިފި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަ" ކީ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ. މިހާތަނަށް ރާއްޖޭގެ 18 އަތޮޅެއްގައި މަޝްރޫއު ހިންގާފައިވެ އެވެ.

މި މަޝްރޫރުތައް 49 ރަށަކަށް 50 ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ދީފި އެވެ. އަދި 30 ރަށެއްގައި މަސައްކަތް ވަނީ ނިންމާފަ އެވެ.

"ކޮމިއުނިޓީ ފަންޑު" ން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޮމިއުނިޓީ ޕާކާއި އައުޓްޑޯ ޖިމް އަދި މަސްކަނޑާތަން އަދި ކުޑަކުދިންގެ ޕާކު ހެދުން ހިމެނެ އެވެ.

މީގެ އިތުރުން ސޯލާ ލައިޓް ހަރުކުރުމާއި ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރުން އަދި ބިއްލޫރި ފުޅި ހަދިޔާ ކުރުމާއި ނޭޗާ ޕާކް ތަރައްގީ ކުރުމުގެ އިތުރުން ލައިބްރަރީ ތަރައްގީ ކުރުމާއި ކުނި މެނޭޖް ކުރުމަށް އެހީތެރިވުމާއި ސްކޭޓް ޕާކާއި ޕިކްނިކް ސަރަހައްދު ގާއިމް ކުރުން ވެސް ހިމެނެ އެވެ.

އަހަރަކު އެއް މިލިއަން ރުފިޔާގެ މާލީ އެހީ

މި ޕްރޮޖެކްޓުތަކުގެ ދަށުން ކޮންމެ އަހަރަކު އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ. އަދި މުޖުތަމަ އަަށް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކުގެ އިތުރުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެންވެސް ޕްރޮޕޯސަލް ހުށަހަޅެމުގެ ފުރުސަތުދޭނެ އެވެ. އަދި މި އަހަރު ތެރޭ އަދި އިތުރު 10 ޕްރޮޕޯސަލް ހޮވަން ހަމަޖެހިފައިވެ އެވެ.