އާދަމް ޝަރީފު އުމަރު

ސިޔާސީ ކަންކަމާ ސިފައިން ދުރުވެ ތިބެން ޑިފެންސް މިނިސްޓަރު އެދިވަޑައިގެންފި

Nov 18, 2015
3

ސިފައިންގެ ބަދަހި ލަޝްކަރު އިޚްލާޞްތެރިކަމާއިއެކު ސާބިތުކަންމަތީ ދެމިތިބުމަށާއި ސިޔާސީ އެންމެހާ ކަންކަމުން ސިފައިން އެއްކިބާވެ ތިބުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އެދި ވަޑައިގެންފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކަޅުތުއްކަލާކޮށީގައި ސިފައިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ދިގު ތާރީޚަށް ބަލާއިރު ދިވެހި ސިފައިންނަކީ ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވަމުންދާ ބައެއް ކަމަށާއި ހަރުދަނާ އަސާސްތަކެއްގެ މަތީގައި ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ މަތީގައި ދެމިތިބި ޤައުމަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ވަރުގަދަ ލަޝްކަރެއް ކަމަށެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ބަދަހި ސަފުތައް ޤައުމީ ކަންކަމުގައި ވަމުންދާ ޤުރުބާނީގައި ދެމިތިބުމަށާއި ޤާނޫނު އަސާސީއިން ސިފައިންނަށް މަތިކޮށްފައިވާ އެންމެހާ ކަންކަމުގައި ދެމި ތިބުމަށެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްވެސް ވަނީ ވާހަކަފުޅު ދެއްކެވި އެވެ.