ޓެކްނޯލޮޖީ

އައިފޯން 12 އަށް މެގްސޭފް ޕަވާ ބޭންކްއެއް

އައިފޯން 12 އަށް މެގްސޭފް ޕަވާ ބޭންކެއް އެޕަލްއިން ނެރެފި އެވެ.

މި ޕަވާބޭންކު ނެރެފައި ވަަނީ އެއްވެސް އިއުލާނަކާއި ނުލާ އެޕަލް ސްޓޯރަށެވެ. މި ޕަވާބޭންކް ވަނީ ޖުލައި 13 ވަނަ ދުވަހު 99 އެމެރިކާ ޑޮލަރަށް އެޕަލް ސްޓޯގައި ލިސްޓް ކޮށްފަ އެވެ. އަދި މިހާރު އެ ޑިވައިސް ގަންނަން ބޭނުންވާ ބޭފުޅުންނަށް ޕަވާބޭންކް ގަތުމުގެ ފުރުސަތު އެބައޮތެވެ.

މި ޕަވާބޭންކަކީ އައިފޯން 12 އަށް ނެރުނު ފުރަތަމަ ޕަވާބޭންކެއް ނޫނެވެ. މީގެ ކުރިން ވަނީ "އެންކާ" އިން ވަނީ 5000 މިލިއެމްޕިއަރުގެ މެގްސޭފް ޕަވާބޭންކްއެއް ނެރެފަ އެވެ. ނަމަވެސް އެޕަލްއިން ނެރުނު ޕަވާބޭންކްއަކީ އެޕަލްއިން އައިފޯން 12 އަށް ނެރުނު ފުރަަތަމަ ޕަވާބޭންކެވެ.

އެޕަލްއިން މީގެ ކުރިން ވަނީ އައިފޯން 11 އަށް މެގްސޭފް ޕަވާބޭންކެއް ނެރެފަ އެވެ. އަދި މި ޕަވާބޭންކްގައި ޑެޑިކޭޓެޑް ކެމެރާ ފިތެއް ހުށްޓެވެ. މިއާ ހިލާފަށް އައިފޯން 12 އަށް ނެރުނު ޕަވާބޭންކްގައި އިތުރު އެއްވެސް ހާއްސަ ފީޗާއެއް ނެތެވެ.

ލަފާ ކުރެވޭ ގޮތުގައި މި ޕަވާބޭންކް މެދުވެރިކޮށް އެޕަލްގެ އިތުރު ވަޔަލެސް ޗާޖިންގް ބޭނުންކުރާ ޕްރޮޑަކްޓްތައް ވެސް ޗާޖު ކުރެވޭނެ އެވެ. އަދި މި އައިފޯން 12 އާއި ޕަވާބޭންކް ފޯނާއި ގުޅާފަ އޮންނަ އިރު އައިފޯން ޗާޖް ކުރުމުން ޕަވާބޭންކް ވެސް ޗާޖު ވާނެ އެވެ.

މި ޕަވާބޭންކް އައިފޯން 12 އާއެކު ބޭނުން ކުރެވޭނީ އައިއޯއެސް 14.7 ކަށް ފޯނު އަޕްޑޭޓް ކޮށްގެންނެވެ. ނަމަވެސް އަދި މި އޯއެސް އަޕްޑޭޓް ފޯނުތަކަށް އައިސްފައެއް ނުވެއެވެ. އެޕަލް ސްޓޯއިން ދައްކާ ގޮތުގައި މި ޕަވާބޭންކްތަކުގެ ޑެލިވަރީތައް އެންމެ އަވަވހަށް ކުރެވިގެންދާނީ މި މަހުގެ 20 ގެ ފަހުންނެވެ. އެހެންކަމުން ލަފަ ކުރެވެނީ އޭގެ ކުރިން އޯއެސް އަޕްޑޭޓް ނެރޭނެ ކަމަށެވެ.