ކަނުހުރާ މޯލްޑިވްސް

ދުނިޔޭގެ އެންމެ ރީތި ބީޗުތަކުގެ ތެރޭގައި ކަނުހުރާގެ ބީޗު

ދުނިޔޭގެ އެންމެ ރީތި ބީޗުތަކުގެ ތެރޭގައި ކަނުހުރާ މޯލްޑިވްސްގެ ބީޗު ހިމަނައިފި އެވެ.

ދުނިޔޭގެ މަޝްހޫރު ޓްރެވަލް ވެބްސައިޓެއް ކަމަށްވާ "ބިގް ސެވަން ޓްރެވަލް" އިން ހޮވި އެންމެ ރީތި ބީޗުތަކުގެ ލިސްޓުގައި ކަނުހުރާ ހިމެނުނީ ނުވަ ވަނައިގަ އެވެ.

މާލެ އާއި 150 ކިލޯ މީޓަރު ދުރުން ޅ. އަތޮޅުގައި އޮންނަ ކަނުހުރާ އެކުލެވިގެން ވަނީ ދެ ޕްރައިވެޓް އައިލެންޑާ ވެސް އެކު އެވެ. އެ ރިސޯޓުގައި ލަގްގަަރީ 80 ވިލާ ހުރެ އެެވެ.

ބިގް ސެވަން ޓްރެވަލްއިން އެކުލަވާލި ލިސްޓުގެ އެންމެ ކުރީގައި އޮތީ ނޯވޭ ވައެރޯއީ ބީޗެވެ. ދެވަނައިގައި އޮސްޓްރޭލިއާގެ ވައިޓް ހެވަން ބީޗް ހިމެނުނު އިރު ތިންވަނައިގައި އޮތީ ސައިޕްރަސްގެ ފިގް ޓްރީ ބީޗެވެ. އެންމެ ރީތި 10 ބީޗުގެ ލިސްޓުގައި ސީޝެލްސްގެ ސޯސް ޑި އާޖެންޓް ވެސް ހިމެނިފައި ވެއެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ ބީޗްތައް މީގެ ކުރިން ވެސް އެންމެ ރީތި ބީޗުތަކުގެ ތެރޭގައި ހިމެނިފައި ވެއެވެ.