ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ޖެހޭ އާބާދީގެ 50 ޕަސެންޓް ދެ ޑޯޒް ޖަހައިފި

Jul 14, 2021

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ވެކްސިން ޖެހޭ އާބާދީގެ 50 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މިހާތަނަށް އުފައްދާފައިވާ ހުރިހާ ވެކްސިނަކީވެސް 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ވެކްސިންތަކެކެވެ. ބައެއް ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން 16 އަހަރުން މައްޗަށް ދެއެވެ. ކޮންމެ ވެކްސިނަކުންވެސް ދެ ޑޯޒް ޖަހަން ޖެހެއެވެ.

އެޗްއީއޯއީސީން މިއަދު ބުނީ އިއްޔެގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ވެކްސިން ޖެހޭ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުން ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

"މިއީ ވަަރަށް ބޮޑު އެޗީވްމަންޓެއް،" އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވިއެވެ.

އިއްޔެ ވެކްސިން ޖެހި މީހުންގެ ތެރެއިން 6،755 މީހަކު ދެވަނަ ޑޯޒް ޖެހިއެވެ. ފުރަތަމަ ޑޯޒް ޖެހީ 622 މީހެކެވެ. މުޅި ރާއްޖެއިން މިހާތަނަށް 319،378 މީހަކު ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 242،370 މީހަކު ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައެވެ.

ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 50 ޕަސެންޓަށްވުރެ އިތުރުވީއިރު 17 ވަނަ ދުވަހަށް ފަހު އީދު ބަންދަށް ވެކްސިން ފްރަގްރާމް މެދުކަނޑާލާނެ ކަމަށް އެޗްއީއޯސީން މިއަދު ވަނީ ބުނެފައެވެ.