ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 215 އަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

މިރޭ މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ. މިރޭގެ މަރާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 215 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،501 މީހުންނެވެ. މިހާތަނަށް 72،678 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 16 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ރޭ ބުނީ ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކު ނޫނީ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެ މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށްވެސް ބުންޏެވެ. ނަމަވެސް މިރޭ މަރުވީ ހާލު ބޮޑު މީހާ ކަމެއް ޔަގީނެއް ނުވެއެވެ.