އެމްޑީޕީ - ޕީޕީއެމް ކޯލިޝަނެއް ބޭނުން ވާކަން ތަކުރާރު ކުރައްވަމުން އެންމެ ރަނގަޅު ގޮތަކީ ރައީސް އަބްދުﷲ ޔާމީންގެ އެހީ ހޯދުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހާއި އެމްޑީޕީގެ ރައީސް ކަން ކުރައްވާ ރައީސް މުހައްމަދު ނަޝިދު. ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވައިފި އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް މެސެޖެއްގަ އެވެ. އެމަކިފާނު ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ޕީޕީއެމް - އެމްޑީޕީ ކޯލިޝަން ބޭނުންވާ ވާހަކަ އޮޅުން އަރާތީ އެ ވާހަކަ ތަކުރާރު ކޮށްލައްވާ ކަމަށެވެ.
ޕީޕީއެމަށް ބަދަލުތަކެއް ގެންނަށް ޖެހޭ ކަމަށް ވެސް އެ މެސެޖްގައި ވިދާޅުވެފައި ވެއެވެ. އެ ބަދަލުތަކަކީ "އިންޑިއާ އައުޓް" ގެ ފަލްސަފާ އާއި ދުރު އަދި "ހިސާން" ބިލަށް ތާއީދު ކުރާ ކުރާ މިއުޒިކަށް ވެސް އެބަސްވާ ބަދަލުތަކެއް ކަމަށެވެ.
އެ ބަދަލުތަކާއެކު ސަރުކާރު ހިންގަން އިދިކޮޅު ޕާޓީ އާއި އެއްބަސް ވެވޭ އެމްޑީޕީ - ޕީޕީއެމް އިއްތިހާދެއް އުފައްދަން ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ވެސް ތަކުރާރު ކުރެއްވި އެވެ. އަދި އެ މެސެޖް ނިންމަވާ ލަމުން ރައީސް ނަޝީދު މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖެ އަށާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީންގެ އެހީތެރިކަން ހޯދުން ކަމަށެވެ.
"އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރި ކަމަށް އެދުން އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް." ރައީސް ނަޝީދުގެ މެސެޖުގައިވެ އެވެ.