މަސްތުވާތަކެތި

ރެސްޓޯރަންޓެއްގައި ބަނގުރާ ބޮއިގެން ތިބި ދެމީހަކު ހައްޔަރުކޮށްފި

ބަނގުރާ ބޮއިގެން ތިބި ދެ މީހަކު މާލޭގެ ރެސްޓޯރަންޓަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ގާތްގަނޑަކަށް 12:00 އެހާކަންހާއިރު ރެސްޓޯރަންޓެއްގައި ބަނގުރާ ބޮއިގެން ތިބި ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެމީހުން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެ ދެމީހުންގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެމީހުން ހައްޔަރު ކުރީ ބަނގުރާ ބޮއިގެން ބްލޫބޭ ރެސްޓޯރަންޓުގައި ތިއްބަ އެވެ. ފުލުހުން ވަނީ އެމީހުން ހައްޔަރު ކުރުމަށްފަހު އެ ރެސްޓޯރަންޓުގައި ތިބި އެހެން މީހުން ފާސް ކުރިކަމަށް ބައެއް މީޑިއާތަކުގައި ދައްކާ ވާހަކަ ދޮގުކޮށް ރެސްޓޯރަނޓުގައި އިތުރު ތަނަނެއް ފާސް ނުކުރާ ކަމަށް ބުނެފަ އެވެ.