މަސްތުވާތަކެތި

ޑައިމޯފިން ޓްރެފިކް ކުރި މީހަކު ފިލައިގެން އުޅޭތީ ހޯދަނީ

ފުލުހުން ހޯދަމުންދާ މުސްލިމް އަބްދުﷲ
0%
0%
0%

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވެ ފިލައިގެން އުޅޭ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު އާންމުކޮށް، ހޯދަމުންދަނީ މާލެ، ދަފްތަރު ނަންބަރު ދރ 2840، މުސްލިމް އަބްދުﷲ ( 25އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ މުސްލިމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައެއްގައި ކަމަށެވެ.

ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ މުސްލިމް އަބްދުﷲ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 8:30 އަށް އެ ކޯޓަށް ހާޒިރުކުރުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910