ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް، ނަންބަރު 216 އަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މިރޭ މަރުވެއްޖެ އެވެ.

މިރޭ މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ. މި މަރާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 216 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،561 މީހުންނެވެ. މިހާތަނަށް 72،833 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 14 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ރޭ ބުނީ ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކު ނޫނީ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެ މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށްވެސް ބުންޏެވެ. ނަމަވެސް މިރޭ މަރުވީ ހާލު ބޮޑު މީހާ ކަމެއް ޔަގީނެއް ނުވެއެވެ.