ބޮލީވުޑް

ކަރީނާގެ ދެ ވަނަ ދަރިފުޅު ޖޭ ފޮޓޯ ވައިރަލްވެއްޖެ

ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ފުރަތަމަ ދަރިފުޅު ތައިމޫރަކީ ވެސް ކުޑަވަރެއްގެ ސެލެބްރިޓީ އެކެވެ. އޭނާގެ ފަސް ފަހަތުން ވެސް ޕަޕަރާޒީން ދުވާ ވަރުން އެ ކުއްޖާއަށް ވެސް އުނދަގޫވާ ދަރަޖައަށް ކަންތައް ވަނީ ގޮސްފަ އެވެ.

މި ދެމަފިރިންނަށް ދެ ވަނަ ދަރިއަކު ވެސް މިހާރު ވަނީ ލިބިފަ އެވެ. އެއީ ޖޭ އަލީ ހާން އެވެ. ކަރީނާ ވިހޭ ދުވަހުން ފެށިގެން ޖޭ ގެ ފޮޓޯ ހޯދަން ޕަޕަރާޒީން ވަރަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މިހާތަނަށް އެމީހުންގެ އަތުގައި އެންމެ ފޮޓޮއެއް ވެސް ނުޖެހެ އެވެ.

އެހެން އޮއްވާ ކުއްލިއަކަށް މީގެ ދެ ދުވަހެއް ކުރިން ޖޭ ފޮޓޯއެއް އިންޓަނެޓުގައި ދައުރުވާން ފެށި އެވެ. ފޮޓޯ ބަލާހިތުން ތިބި މީހުން ގިނަ ކަމުން އިސާހިތަކު މި ފޮޓޯ ވަނީ ވައިރަލް ވެފަ އެވެ.

ޖޭ އުފަންވީ 2021 ގެ ފެބްރުއަރީ 23 ވަނަ ދުވަހު އެވެ. މިހާތަނަށް ދަރިފުޅުގެ ފޮޓޯއެއް ކަރީނާ ޝެއާ އެއް ނުކުރެ އެވެ. މިހާރު ވައިރަލް ވެގެން އުޅޭ ފޮޓޯއަކީ ކަރީނާގެ ބަނޑުބޮޑުއިރުގެ ވާހަކަތައް ލިޔެފައިވާ ފޮތެއް "ޕްރެގްނަންސީ ބައިބަލް" ގެ ނަމުގައި ދާދިފަހުން ނެރުނުއިރު އެ ފޮތުގައި ޝާއިއު ކޮށްފައިވާ ފޮޓޯއެކެވެ. މިއީ ޖޭގެ ނިތްކުރިއަށް ކަރީނާ ދޮނެއް ދެނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯ ނަގާފައިވާ ގޮތުން ޖޭގެ މޫނު މާ ރީއްޗަކަށް ފޮޓޯއަކުން ނުފެނެ އެވެ.

ކަރީނާގެ ފޮތަށް "ޕްރެގްނަންސީ ބައިބަލް" ނަސާރާއިންގެ ގްރޫޕަކުން ރުޅިގަދަ ވެގެން ކަރީނާ އާއި އިތުރު ދެ މީހަކާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ނަސާރާ ގްރޫޕުން ބުނަނީ ކަރީނާ އެފޮތަށް ކިޔާފައިވާ ނަމުގެ ސަބަބުން އެމީހުންގެ ދީނުގެ ހުރުމަތް ކެނޑޭ ކަމަށެވެ.