ޓެކްނޯލޮޖީ

މޮބައިލް ފޯން މާކެޓްގެ ދެވަނައަށް ޒިއޯމީ

ދުނިޔޭގެ މޮބައިލް ފޯން މާކެޓްގެ ދެވަނައަށް އެންމެ މަގްބޫލު ކުންފުނީގެ މަގާމް ޒިއޯމީން ހޯދައިފި އެވެ.

މޮބައިލް ފޯން މާކެޓްގެ 17 ޕަސެންޓް އާއެކު ޒިއޯމީއަށް ލިބުނު މި ކުރިއެރުމަކީ ކުރީގެ ކުއާޓާ ތަކުގައި ހުރިވަރާއި ބަލާފަ 83 ޕަސެންޓްގެ އިތުރު ވުމެކެވެ. އަދި މިއާއެކު ކުރިން ދެވަނާގައި އޮތް އެޕަލް މިހާރު ވަނީ 14 ޕަސެންޓް މާކެޓް ޝެއާ އާއެކު ތިން ވަނާގަ އެވެ.

އަދިވެސް މި ލިސްޓުގެ އެއްވަނާގައި ވަނީ ސެމްސަންގް އެވެ. އެއީ 19 ޕަސެންޓް މާކެޓް ޝެއާއަކާއެކު އެވެ. ނަމަވެސް ޒިއޯމީއިން ދަނީ އެ ކުންފުނީގެ ފޯނުތައް ބޭރުގެ ގައުމްތަކަށް މާކެޓް ކުރުން އިތުރު ކޮށްފަ އެވެ. އަދި ޒިއޯމީގެ ފޯނުތައް އެކި ރޭންޖެ ތަކުގައި އުފައްދާ ގިނަ ބަޔަކަށް ފޯނުތައް ގަނެވޭނެ ގޮތް މަގުފަހި ކުރަމުންނެވެ.

އާންމު ގޮތެއްގައި އެޕަލް އަދި ސެމްސަންގެ ފޯނު ތަކާއި އަޅާ ބަލާއިރު 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދު ޒިއޯމީ ފޯނުތައް އަގު ހެޔޮ ކޮށް ވިއްކަ އެވެ. ނަމަވެސް އެކުންފުނިން މިހާރު ދަނީ އެ ކުންފުނީގެ "ހައި އެންޑް" ނުވަތަ އަގު ބޮޑު ފްލެގްޝިޕް ފޯނުތައް ވިއްކުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.