ޓެކްނޯލޮޖީ

ގޫގްލްއިން މިހާރު ކޮންމެ 15 މިނެޓަކުން ސާޗް ހިސްޓްރީ ޑިލީޓް ކުރެވޭ

ގޫގްލްއިން މިހާރު އަންނަނީ އާ ޕްރައިވަސީ ފީޗާތަކެއް ތައާރަފް ކުރަމުންނެވެ.

އެގޮތުން 15 މިނިޓުގެ ސާޗް ހިސްޓަރީ އެއްފަހަރާ ޑިލީޓު ކުރެވޭ ގޮތް މިހާރު ތައާރަފް ކޮށްފަ އެވެ. އަދި މި ފީޗާ މިހާރު ދަނީ ގޫގްލް ސާޗް އަދި ކްރޯމް ބޭނުން ކުރާ ފަރާތްތަކަށް ފޯރު ކޮށްދެމުންނެވެ. މި ފީޗާ ފުރަތަމަ ދައްކާލައިފާ ވަނީ މިއަހަރުގެ "ގޫގްލް އައި/އޯ" ގަ އެވެ.

މި ފީޗާ މިހާރު ލބޭނުން ކުރަން ލިބެނީ ހަމައެކަނި ގޫގްލްގެ އައޯއެސް އެޕުންނެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ފީޗާ އެހެން ޑިވައިސް ތަކަށް ވެސް ލިބިގެން ދާނެ އެވެ.

މިހާރު ޑެސްކްޓޮޕް އެޕްލިކޭޝަންއިން އޮޓޮމެޓިކް ކޮށް ސާޗް ހިސްޓަރީ ޑިލީޓް ކުރުމަށް ސެޓް ކުރެވޭ އެންމެ ކުޑަ މުއްދަތަކީ ތިން މަސް ދުވަހެއެވެ. އެހެންނޫނީ ހިސްޓްރީ ޖެހެނީ ވަކި ވަކިން ޑިލީޓް ކުރާށެވެ. ނަމަވެސް މި ތައާރަފް ކުރި ފީޗާއިން ވަކި ވަކިން ޑިލީޓް ނުކޮށް އެއްކޮށް 15 މިނިޓުގެ ހިސްޓަރީ ޑިލީޓް ކޮށްލެވޭނެ އެވެ.