ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ޗައިނާގެ ރައީސާ ފޯނުން މަޝްވަރާ ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޗައިނާގެ ރައީސް ޝި ޖިންޕިންއާ ފޯނުން މަޝްވަރާ މިއަދު ކުރައްވައިފި އެވެ.

ރައީސް ސޯލިހް ޓުވީޓް ކުރައްވާ ވިދާޅުވީ ޗައިނާގެ ރައީސް ޝީ އާއެކު ފޯނުން ބައްދަލު ކުރައްވައި ރާއްޖެ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރެއްވި ކަމަށާއި ޗައިނާ އިން ރާއްޖޭގެ ކުރިއެރުމަށާއި ފޯރު ކޮށްދޭ އެހީތެރި ކަމަށް ޝުކުރު އަދާ ކުރެއްވި ކަމަށެވެ.

ފޯނުން ކުރެއްވި އެ މަޝްވަރާގައި ދެ ގައުމުގެ ގުޅިގެން ކުރިއަށް ދެވޭނެ ގޮތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ޗައިނާއާއެކު މަޝްވަރާ ކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރާއި ކައިރި ކަމެއް އޮންނަނީ އިންޑިއާއާއެވެ.