އިމިގްރޭޝަން

ސައްހަ ނޫން ލިޔެކިޔުމުގައި ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު ހުއްޓުވަައިފި

Jul 16, 2021
1

ސައްހަ ނޫން ލިޔެކިޔުންތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު ހުއްޓުވަައިފި އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވިދާޅުވީ ސައްހަ ނޫން ލިޔެކިޔުންތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓާ ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލާފައިވާ ކަަމަށެވެ. 248 މީހަކު ރާއްޖެ އެތެރެވާން މަސައްކަތް ކުރީ ސައްހަ ނޫން ހޮޓެލް ބުކިން ލިޔުންތަކެއް ދައްކައިގެންނެވެ.

އިއްޔެއަކީ އެއާޕޯޓަށް ބާރުބޮޑު އަދި ތާރީހީ ދުވަހެކެވެ. ކޮވިޑް-19 އަށް ބޯޑަރު ބަންދުކޮށް އަލުން ހުޅުވިތާ އެއް އަހަރު ފުރުނީ އިއްޔެ އެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކުން ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލީވެސް އިއްޔެ އެވެ.

ކޮވިޑް-19 އިގެ ބަލި ރާއްޖޭން ފެނުމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން ހުޅުވީ މިއަހަރުގެ ޖުލައި 15 ގަ އެވެ.