ކީރިތި ގުރުއާން

ގައުމީ ގުރުއާން މުބާރާތް ޑިސެންބަރުގައި

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މި އަހަރުގެ ޑިސެންބަރު މަހު ފަށާނެ ކަމަށް ކީރިތި ގުރުއާނާބެހޭ މަރުކަޒުން ބުނެފި އެވެ.

ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ 34 ވަނަ މުބާރާތް ފަށަން ހަމައްޖައްސާފައި ވަނީ މި އަހަރުގެ ޑިސެންބަރު 19 ވަނަ ދުވަހު އެވެ.

ކޮވިޑްގެ ހާލަތާއެކު މި ފަހަރުގެ މުބާރާތް ބާއްވަން ހަމަޖައްސަފައި ވަނީ ވާޗުއަލް ކޮށެވެ. މުބާރާތުގެ ގަވާއިދު ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.

މިދިޔަ އަހަރު ގައުމީ ގުރުއާން މުބާރާތް ނުބާއްވަ އެވެ. ނަމަވެސް ގުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަމުގައި މިދިޔަ އަހަރު މުބާރާތެއް ބޭއްވި އެވެ. އެންމެ ފަހުން ގައުމީ ގުރުއާން މުބާރާތް ބޭއްވީ 2019 ވަނަ އަހަރުގަ އެވެ.