ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މަސްފެންގަނޑު ހަދަން ކުރި އިއުލާން ބާތިލުކުރަން ވަޒީރު އަންގަވައިފި

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑު ހަދަން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާން ބާތިލުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ އިގުތިސާދީ ހާލަތު ހުރި ގޮތުން މިވަގުތު އެފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ މަސްފެންގަނޑު ހަދަން ކުރި އިއުލާން ބާތިލުކުރުމަށް އަންގަވާފައިވާ ކަމަށެވެ.

އެ ފެންގަނޑަކީ މީގެ ކުރިން ވެސް އެތަނުގައި އޮތް ފެންގަނޑެއްކަން ޝަހީމް ފާހަގަކުރެއްވި އެވެ.

"އަސްލު އެ ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެއް. އެތަން މަރާމާތުކުރުމުގެ މަސައްކަތް ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މަސްފެންގަނޑު ހެދުމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމިކް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސް ފެންގަނޑެއް ހެދުމަށް ނިންމީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.