ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީގެ ކުޅުދުއްފުށީ ލީޑަރުންނާއި ރައީސް ބައްދަލު ކުރައްވައިފި

ކުޅުދުއްފުށީގައި ތިބި އެމްޑީޕީގެ ލީޑަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.

މި ބޭފުޅުންނާއި ރައީސް ބައްދަލު ކުރައްވާފައި ވަނީ ރައީސް މިހާރު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ މައިގަނޑު ފަސް ކަމަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި ތަރައްގީ ކުރުމުގެ މަޝްރޫއު ތަކާއި، ސިއްހީ ނިޒާމުގެ އިތުރުން މަގުތައް ހެދުމާއި ހައުސިން ޕްރޮޖެކްޓް ތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. ހަމަ އެހެންމެ އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރާނެ ގޮތަކާއި މެދު އެރަށުގައި ތިބި އެމްޑީޕީގެ އިސް ލީޑަރުންނާއި ރައީސް މަޝްވަރާ ކުރެއްވި އެވެ.

ކުޅުދުއްފުއްޓަށް ވަޑައިގެން ރައީސް ވަނީ ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. އެ ހޮސްޕިޓަލަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން އިތުރަށް ތަރައްގީ ކޮށްފައިވާ ހޮސްޕިޓަލެކެވެ. ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީވެސް ބައެއް ރީޖަނަލް ހޮސްޕިޓަލްތަކަށް ގެނެސްދެއްވި ބަދަލު ތަކެކެވެ.

ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ރައީސް މަޝްވަރާ ކުރެއްވި އިރު، ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ "ހިސާން ބިލަ" ށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތާއީދު ނުކުރާނަމަ، އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.