އެމްއެންޑީއެފް

ގެއްލުނު ޑިންގީއާ މީހުން ފެނިއްޖެ

Jul 17, 2021
1

ށ. މަރޮށިން ގެއްލުނު ޑިންގީ އާއި އޭގައި ތިބި މީހުން ފެނިއްޖެ އެވެ.

މަރޮށިން ގެއްލުނު ޑިންގީގައި ތިބީ ކުޑަ ދެ ކުދިންނާއި 18 އަހަރު މަތީގެ ދެ މީހެކެވެ. އެ ޑިންގީގެ ހަބަރެއް ނުވެގެން ކައުންސިލާއި ސިފައިން އަދި ފުލުހުން ގުޅިގެން ހޯދަމުން ދަނިކޮށް މިހާރު ވަނީ ފެށިފައެވެ.

އެ ޑިންގީ ފެނިފައިވަނީ މަރޮށި ކައިރީންނެވެ. އޭގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅެވެ.