ޓެކްނޯލޮޖީ

ދުނިޔޭގެ ފުރަތަމަ ތްރީޑީ ޕްރިންޓް ބުރިޖު ހުޅުވައިފި

ދުނިޔޭގެ އެންމެ ފުރަތަމަ ތުރީޑީ ޕްރިންޓް ކޮށްފައިވާ ދަގަނޑު ބުރިޖް ހުޅުވާލައިފި އެވެ.

އެމްސްޓަޑަމްގެ ރެޑްލައިޓް ޑިސްޓްރިކްޓްގައިވާ މި ބްރިޖް ހުޅުވާލައި ދެއްވީ ނެދާލޭންޑްސްްގެ ރާނީ މެކްސިމާ އެވެ. ރާނީ މެކްސިމާ ފިތަކަށް އޮއްބަވާލެއްވުމުން ރޮބޮޓް އަތެއް ރިބަން ކަނޑާލައިގެން ހުޅުވާލި މި ބްރިޖް ބަލައިލަން ގިނަ ބަޔަކު ވަނީ އެ ސަރަހައްދަައް ގޮސްފަ އެވެ. އަދި މިހާރު މި ބްރިޖް ވެފައި ވަނީ ފަތުރުވަރިންގެ މެދުގައި މަގުބޫލު މަންޒިލަކަށެވެ.

މި ބްރިޖް އުފެއްދުމަށް "ވަޔާ އެންޑް އާކް އެޑިޓިވް މެނުފެކްޗަރިން" އޭ ކިޔާ ޓެކްނީކެއް ބޭނުން ކޮށްފައިވެ އެވެ. އަދި މި ބްރިޖުގެ ދިގުމިނަކީ 40 ފޫޓެވެ.

މި ބްރިޖް އުފައްދާފައި ވަނީ ދަގަނޑު ތްރީޑީ ޕްރިންޓް ކުރާ ކުންފުންޏެއް ކަމަށްވާ "އެމްއެކްސްތްރީޑީ" އެވެ. އެ ކުންފުނިން އުފައްދާފައިވާ މި ބްރިޖުގެ ބަރުދަނަކީ 60 ޓަނެވެ.

އެ ކުންފުނިން ބުނާ ގޮތުގައި މިފަދަ ޑިޒައިންގެ ގޮތުން އުންދަގޫ ނުވަަތަ ތަފަތު ޑިޒައިން ތަކަށް އުފައްދާ ބޮޑެތި އެޗެހި އުފެއްދުމަށް ތްރީޑީ ޕްރިންޓަކީ ރަނގަޅު ހައްލެއްކަން މި ބުރިޖުން މިވަނީ ދައްކާލާފަ އެވެ.

މި އާ ބުރިޖު ބެހެއްޓިފައި ހުންނާނީ ގައިގަނޑަކަށް ދެއަހަރު ދުވަހަށެވެ. އެތާގައި ކުރިން ހުރި ބްރިޖް މި މުއްދަތުގެ ތެރޭގައި ރެނޮވޭޓް ކުރާނެ އެވެ. އަދި މި ބްރިޖަކީ އާ ޓެކްނޮލޮޖީއަކަށް ވުމުން މި ބްރިޖްގައި ސެންސާ ހަރުކޮށް ދަނީ މޮނިޓާ ކުރެވެމުންނެވެ. އަދި މި ޑާޓާތައް ބަލާ ޗެކް ކުރަނީ ލަންޑަންގެ އިމްޕީރިއަލް ކޮލެޖުންނެވެ.