ޓެކްނޯލޮޖީ

ފޯނާ ނުލާ ވަޓްސްއެޕް މެސެޖް ކުރެވޭގޮތް ހަދަަނީ

ވަޓްސްއެޕް މެސެޖިން އެޕްއިން ފޯނާއި ނުލާ މެސެޖް ފޮނުވޭ ގޮތް ތައާރަފު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވަޓްސްއެޕް މިހާރު ބޭނުން ކުރެވެނީ އަބަދުޗވެސް ފޯނު ވަޓްސެޕްއާއި ކަނެކްޓްވެފައި ހުންނަ ވަގުތު އެވެ. ޑެސްކްޓޮޕް ނުވަތަ އެހެން ޑިވައިސްތައް ބޭނުން ކުރާ އިރު ވަޓްސްއެޕް ރެޖިސްޓްރީ ކޮށްފައިންނަ ފޯނަށް އެ މެސެޖްތައް ރިސީވް ވާންޖެހެ އެވެ. ނަމަވެސް މިހާރު ޓެސްޓް ކުރަމުން އަންނަ މި ފީޗާގެ ސަބަބުން ފޯނު ނިވިފައި އޮތަސް އެހެން ޑިވައިސްތައް ބޭނުން ކޮށްގެން މެސެޖް ކުރެވޭނެ އެވެ.

ވަޓްސްއެޕްއިން ބުނި ގޮތުގައި އެންމެ ގިނަވެގެން ހަތަރު ޑިވައިސްއެއް މިގޮތައް ބޭނުން ކުރެވޭނެ އެވެ. މީގެ ތެރޭގައި ޑެސްކްޓޮޕް އަދި ތެބްލެޓް ޑިވައިސްތަކުގެ އިތުރުން ލެޕްޓޮޕްތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ވަޓްސްއެޕްގެ ވެބް ޕޯޓަލް ބޭނުން ކޮށްގެން ވެސް މެސެޖް ކުރެވޭނެ އެވެ.

މި ފިޗާ ޓެސްޓް ކުރުުމަށް ބީޓާ މަރުހަލާއަކަށް މަދު އަދަދެއްގެ ބަޔަކަށް މި ހިދުމަތް ދޫކުރަން މިހާރުވަނީ ނިންމާފަ އެވެ. އަދި މި ޓެސްޓިން މަރުހަލާއަށް ފަހު އާންމުންނަށް މި އަޕްޑޭޓް ދޫކުރަން ހަމަޖެހިފަައިވާކަމަށް ވެސް ވަޓްސްއެޕްއިން ބުންޏެވެ.

ވަޓްސްއެޕްއިން ބުނި ގޮތުގައި މި ހިދުމަތަކީ ރައްކާތެރި ހިދުމަތަކަށް ހެދުމަށްސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި ބީޓާ މަރުހަލާގައި އިތުރަށް މިކަންކަން ރަނގަޅު ކުރެވިގެން ދާނެ ކަމަށެވެ. އާންމުންނަށް އަޕްޑޭޓެއްގެ ތެރެއިން މި ހިދުމަތް ފޯރުކޮށް ދޭން ފެށުމަށް ފަހު އިތުރަށް ގެންނަން ޖެހޭ ބަދަލެއް ހުރި ނަމަ އެ ބަދަލުތައް ވީހާވެސް އަވަހަކަށް ގެންނާނެކަމަށްވެސް ވަަޓްސްއެޕްއިން ބުނެފައި ވެއެވެ.