ޓެކްނޯލޮޖީ

އެންޑްރޮއިޑް 12 ބީޓާ ސެމްސަންގް ގެލެކްސީ އެސް21 އަށް

ގޫގުލް އިން މި އަހަރުގެ ފަހު ކޮޅު ނެރެން ހަމަޖެހިފައިވާ އެންޑްރޮއިޑް މޯބައިލް އޮޕަރޭޓިން ސިސްޓަމް (އޯއެސް) އެންޑްރޮއިޑް 12ގެ ބީޓާ ވާޝަން ސެމްސަންގް ގެލެކްސީ އެސް21 އަށް ނެރެން ފަށައިފި އެވެ.

މި އަޕްޑޭޓަކީ ގެލެކްސީ އެސް21 ފޯނު ގެންގުޅޭ މީހުންނަށް ލިމިޓެޑް އަދަދަކަށް ޑައުންލޯޑު ކުރެވޭނެ އަޕްޑޭޓެއް ކަމަށް ގަބޫލުކުރެވެ އެވެ.

ސެމްސަންގުން ބުނި ގޮތުގައި ބީޓާ ޑައުންލޯޑު ކުރުމަށް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. އަދި ރަޖިސްޓްރޭޝަން މިއަދު ފަށާފައިވާއިރު "ސެމްސަންގް މެމްބާސް" އެޕްލިކޭޝަން މެދުވެރިކޮށް އޯއެސް ޑައުންލޯޑް ކުރުމަށް ރަޖިސްޓާ ކުރެވޭނެ އެވެ.

ސެމްސަންގުން މި އޯއެސް އަޕްޑޭޓް އިއުލާން ކޮށްފައި މިވަނީ އެޕަލްގެ "ކެލިފޯނިއާ ސްޓްރީމް" އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު އެވެ.

މި އަޕްޑޭޓަކީ އައިފޯން 13 އާއި އެކު ނެރޭ އައިއޯއެސް 15 އާއި ވާދައަށް ނެރޭ އަޕްޑޭޓެއް ކަމަށް މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ.

އަޕްޑޭޓް ފުރަތަމަ ނެރެން ހަމަޖެހިފައިވަަނީ ހަމައެކަނި އެމެރިކާގަ އެވެ. ނަމަވެސް އެއަށްފަހު ހުރިހާ ގައުމަކަށް ނެރުމަށް ހަމަޖެހިފައިވެމއެވެ.

އެންޑްރޮއިޑް 12 އޮޕަރޭޓިން ސިސްޓަމަށް ބިނާކޮށް ނެރޭ "ވަން ޔޫއައި"ގެ ހަތަރު ވަނަ އޯއެސް ރަސްމީގޮތުން މިއަހަރުގެ ފަހުކޮޅު ނެރެން ހަމަޖެހިފައިވެ އެވެ.