ޕޭމަންޓް ސިސްޓަމް

ޕޭމަންޓް ސިސްޓަމަށް ކޮންސަލްޓަންޓަކު ހޯދަނީ

Jul 21, 2021
ރާއްޖޭގެ މަރުކަޒީ ބޭންކް، ގައުމީ ޕޭމަންޓް ސިސްޓަމް މި އަހަރު ތައާރަފު ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން -- އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް
0%
0%
0%

ގައުމީ ޕޭމަންޓް ސިސްޓަމް މަޝްރޫއަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދަން ފަށައިފި އެވެ.

ރާއްޖޭގެ މާލީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ބޮޑު މަސައްކަތަށް ޓެކްނިކަލް ކޮންސެލްޓަންޓަކު ހޯދުމާ ބެހޭ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ދަށުން ތައްޔާރުކުރާ ޕޭމެންޓް ޕްލެޓްފޯމް ގެ އިންޕްލިމެންޓޭޝަންގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރަން ޖެހެނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިންނެވެ.

ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާއިމުކުރެވޭ ޕޭމަންޓް ސިސްޓަމް މި އަހަރު ތައާރަފު ކުރަން އެމްްއެމްއޭއިން ދަނީ މަސައްކަތް ކުރަންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ ދުނިޔޭގައި މިފަދަ ބިޔަ މަސައްކަތްތައް ކުރާ ދުނިޔޭގައި މަޝްހޫރު "ޓިއޭޓޯ އެވްރީ" ގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާއެވެ. މިއީ ފިންލެންޑުގެ ކުންފުންޏެކެވެ. މި ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރި ފަޓިއޭޓޯ އެވްރީ އަކީ 1968 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ގާނޫނެއް ވަނީ ހަދާފަ އެވެ. މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުން ހިމެނެ އެވެ. ޕޭމަންޓް ސިސްޓަމްތައް ކްލިއަރިން ސިސްޓަމްތައް، ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓާއޮޕެރަބިލިޓީ ގާއިމުކުރުމާއެކު ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ޤާއިމުކުރުމަކީވެސް މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910