މޫދު އަޑީގައި ކޮޓަރިތައް ހަދާފައިވާ ދުބާއީގެ "ފްލޯޓިން ސީހޯސް" މަޝްރޫއުގެ ކޮޓަރިތައް އަންނަ މަހު ވިއްކަން ފަށަން ތައްޔާރުވެއްޖެ އެވެ.
އެމިރޭޓްސް 24/7 ނިއުސްގައިވާ ގޮތުން ފެންމަތީގައި ފްލޯޓް ކުރާ ގޮތައް ތަރައްގީކޮށްފައިވާ މި ލަގްޒަރީ ކޮޓަރިތަކުގެ 90 ކޮޓަރި ނިމިފައިވާ ކަމަށެވެ. ދުބާއީގެ ކުންފުންޏަކުން ތަރައްގީ ކޮށްފައިވާ މި ކޮންސެޕްޓުގެ ފަރުމާކޮށްފައިވަނީ 25 ގައުމެއްގެ 200 މާހިރުންގެ ބެލުމުގެ ދަށުންނެވެ.
ނަމަވެސް، ފްލޯޓިން ހޯސް ވިއްކާ އަގެއް އެ ކުންފުނިން ނުބުނެ އެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ކޮޓަރިތައް ފަރުމާކޮށްފައިވަނީ ރިސޯޓަކުން ލިބޭ ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށެވެ. މި ތަނުގެ ކޮޓަރިތައް ހަދާފައިވަނީ ބިއްލޫރި ޖަހައިފެން މޫދު އަޑީގެ ހިތްގައިމު މާހައުލް ސާފުކޮށް ފެންނަން އޮވެ އެވެ. މީގެތެރެއިން ކޮންމެ ފްލޯޓިންހޯސްއެއްގައި މާސްޓަބެޑް ރޫމަކާއި ބަދިގެއެއް އަދި ސަންޑެގެއް ވެސް ހުރެ އެވެ.