އަލީ ވަހީދު

އަލީ ވަހީދު ރާއްޖެ ގެންނަން ޕެޓިޝަނެއް

Jul 18, 2021
5
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: އަވަސް
0%
100%
0%

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާއާ ގުޅޭ ދައުވާތަކާ ގުޅިގެން އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ބާރު އެޅުމުގެ ގޮތުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި އެވެ.

ޗޭންޖް.އޯގް ގައި ހަދާފައިވާ ޕެޓިޝަންގައި ސޮއި ކުރަން ފަށާފައިވަނީ މިއަދު އެވެ.

ޕެޓިޝަންގައިވާ ގޮތުން އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް، އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރާ އަޑު އިވޭ އޯޑިއޯ ތަކެއް ލީކްވި މައްސަލަ ޕެޓިޝަންގައި ފާހަގަ ކޮށްފައިވެ އެވެ.

ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގައި މިހާރު ހުންނެވި އަލީ ވަހީދުގެ ޝަރީއަތް ދަށު ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާތީ އެކަމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓަށް ހާޒިރުވާން އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް މިހާރު ވަނީ އަންގާފަ އެވެ. އަދި މި އަންނަ މަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާ އޭނާ ބޭނުން ކުރައްވާ އީމެއިލް އަށް ކޯޓުން ވަނީ ޗިޓް ވެސް ފޮނުވާފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ކެންސަލް ކުރަން ވެސް ދައުލަތުން ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ހައިކޯޓަށް އެ މައްސަލަ ބަލައި ނުގަތުމަށް ރަޖިސްޓްރާ ނިންމުމުން ދައުލަތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ. އަލީ ވަހީދު ފުރީ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަން ޔަގީންކޮށްދެއްވުމުގެ ގޮތުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެ މައްސަލަ އަށް ޖާމިނު ކުރުމަށްފަހު އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މިކޯމީ ޕެޓިޝަނާ އޭ

އެތައް ކުދިންނެއްގެ ދެފަރާތް ހަލާކު ކޮށްފައި ގޮސް ފިލާ ނުހުރެވޭނެ

މޮޔަ

ޖީހާނު ފިރިމީހާ ޖަލައްލާން ޕެޓިސަން ހަދަން ނުކެރިގެން ތިއުޅެނީ އިބޫ އާއިލާ މީހެއްވީމަދޯ؟ އެމަންޖެއައް ބިރުދައްކާ ފޮނުވާލީ ކީއްވެ؟ ދިވެހިން މޮޔަކަމަށް ހީނުކުރާތި. އމޑޕ ފަޅިފަޅިވެ ހުސްވާނެ ވ.އަވަހަށް.

އަލީ ވަހީދު

ދުވާލު އިރު ފަދައިން އެނގޭ އަލީ ވަހީދު ނުގެނެވޭނެކަން، ސަބަބަކީ މިސަރުކާރުގެ ވެރިންގެ ރިމޯޓް އޮތީ އަލީވަހީދު އަތުގަ، ހުރިހާ އޯޑިއޯ އެއް، ހުރިހާ ވީޑިއޯ އެއް، އަދި ސިއްރު ބައްދަލުވުން ތަކުގެ ރެކޯރޑިންގ އާއި، މިހެން ގޮސް ކިޔާނެ ކަމެއް ނެތް. މުޅި ރާއްޖެ އާބާދީ ފަސްލައްކަ މީހުން ސޮއިކޮށް ޕެޓިޝަން ހެދިޔަސް މިވެރި ކަމުގައި އަލީވަހީދު ނުގެންނާނެ، ، މިއީ ވަރަށް ރޭވިގެން ޕްލޭން ކޮށްގެން ކޮށްފައިވާ ކަމެއް. މިއީ ދެވަނަ ބްރޯ، ސިޔާސީ ވަރަށް ގިނަ މީހުންގެ އެއްޗެހި އަލީވަހީދު އަތުގަ އެބަހުރި، ވެރިކަން ބަދަލު ވިޔަސް މިޤައުމުގަ ދެން އަލީވަހީދު މައްސަލަ ނުބެލޭނެ، މީ ވަރަށް ވާހަކަ، ދެން އެނބުރި އަންނާނީ ހުދު ކާފޫރު ސްޕްރޭ ޖަހައިގެން 2038 ވަނަ އަހަރު ސެޕްޓެމްބަރ މަހު.

މަރިޔަންދީ

ތިޔަ ޕެޓިޝަންގައި ލިޔެފައިވާ އެހެން ވާހަކަތައްވެސް ލިޔެލިނަމަ، ގިނައީ ކަށަވަރުނުކުރެވޭ ވާހަކަތައް. ނަމަކަށް ޕެޓިޝަނެއް ހެދިދާނެ.

ޒައިތޫނި

ޗޭންޖް.އޯގް ގައި ހަދާފައިވާ ޕެޓިޝަންގައި ސޮއި ކުރަން ފަށާފައިވަނީ އިއްޔެ މިއަދަކު ނޫން، ވާވަރަށް ސޮއި ނުލިބޭތީ ނޫސްތަކުގަ ޖަހައިގެން ސޮއި ހޯދުމުގެ މަސައްކަތް މިއަދު ކުރަނީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345