ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބަށް ލިބޭ ހައްގުތައް ކަށަވަރުކޮށްދޭން އެމްޑީޕީ ގޮވާލައިފި

Nov 19, 2015
2

ހައްޔަރުކޮށް ދޫނިދޫގައި ބަހައްޓާފައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

ބަޔާނެއް ނެރެ، އެ ޕާޓީން ބުނެފައި ވަނީ ކުރީގެ ނައިބު ރައީސް އަދީބަކީ ރައީސް އަބްދުﷲ ޔާމީނުގެ އެންމެ އަރިސް ބޭފުޅާގެ ގޮތުގައި ހުންނެވި ފަރާތް ކަމަށާއި އަދީބު ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރައްވައި ވަކި ކުރެއްވީ ވެސ ނައިބު ރައީސް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އަދީބަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ކަށަވަރުކޮށްދީގެން އޭނާގެ ތަހުގީގު ކުރިޔަށް ނުދާ ކަމަށާއި އެކަމާ އެމްޑީޕީ ވަރަށް ކަންބޮޑުވާ ކަމަށާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން އަދީބަށް ލިބި ވަޑައިގަންނަވާ ހައްގަށް ވެސް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށެވެ.

"... އަދީބަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމުގެ ޙައްޤު ނިގުޅައިގަނެވިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.