ބޮލީވުޑް

ފައިސާއަށް ޖެހުމުން ބޮލީވުޑުން އެހީވި: ރާޖްޕާލް ޔާދަވް

އެކްޓަރު ރާޖްޕާލް ޔާދަވް އަށް 2018 ގައި ކުރިމަތިވި ފައިސާގެ ދަތިކަމުގައި ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް އެހީތެރިކަން ފޯރު ކޮށްދިން ކަމަށް އޭނާ ބުނެފި އެވެ.

އިންޑިއާ ޓީވީއަކަށް ދިން އިންޓަވިއު އެއްގައި ރާޖްޕާލް ބުނީ ހުރިހާ އެންމެން ވެސް އެމީހުންގެ ގޭގެ ދޮރުތައް އެހެން މީހުންނަށް ހުޅުވާފައި ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ދެކެ އެވެ. އެގޮތަށް މީހުންގެ ދީލަތި އެހީ އޭނާއަށް ނުލިބުނުނަމަ ސަލާމަތް ނުވީސް ކަމަށް ވެސް ރާޖްޕާލް ބުންޏެވެ.

ރާޖްޕާލް ބުނި ގޮތުގައި ފުރަތަމަ މުމްބައީއަށް ގޮސސް އުޅުނީ ވަރަށް ހާލުގަ އެވެ. އޮޓޯއެއްގައި ދަތުރު ކުރާނެ ފައިސާ ނެތިގެން އެތައް މޭލަކަށް ހިނގާފައި އުޅުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ރާޖްޕާލަކީ ކުޅަދާނަ އެކްޓަރަކަށް ވާތީ ވަރަށް އަވަހަށް ފިލްމުތަކުން އޭނާއަށް މަސައްކަތް ލިބި ދިރިއުޅުމުގެ ހާލަތު ރަނގަޅުވަމުން ދިޔަ އެވެ.

ރާޖްޕާލްގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ "ހަންގާމާ 2" ހިމެނެ އެވެ. މިއީ ޑައިރެކްޓަރު ޕްރިޔަދަރްޝަން 2003 ގައި އުފެއްދި "ހަންގާމާ"ގެ ސީކުއަލް އެކެވެ.