ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެޗްޕީއޭ ބަންދުގައިވާ ރަށްތަކުގެ އަދަދު 15 އަށް

ކޮވިޑް ބަލި ރަށުތެރޭގައި ފެތުރުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު 15 އަށް ދަށް ވެއްޖެ އެވެ.

އެޗްޕީއޭއިން އޭޕްރީލް މަހުން ފެށިގެން މޮނިޓަރިނަށް ލާފައިވަނީ ގދ. ތިނަދޫ އެވެ. އެރަށުން މިހާތަށް 100 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ތިން މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

މޭމަހުގެ ތެރޭގައި އަރާ ފޭބުން މަނާކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ ހަޔަކަށް މަދުވެފަ އެވެ. މިހާރު މޮނިޓަރިންގައި އޮތީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ އިތުރުން ފ. ފީއަލި، ގއ. ވިލިނގިލި، އއ. ތޮއްޑޫ، ރ. ދުވާފަރެވެ.

އެޗްޕީއޭ އިން މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ އަދަދު ވަނީ ތިނަކަށް ތިރިވެފަ އެވެ. މިހާރު ބަންދުގައި އޮތީ ގއ. ކޫއްޑޫ، ހއ. ދިއްދޫ އަދި ރ. މީދޫ އެވެ.

މިމަހުގެ މިހާތަނަށް ފަސް ރަށެއް އެޗްޕީއޭގެ މޮނިޓަރިން ލިސްޓަށް ލާފައިވެ އެވެ. އެއީ ކ. ގުރައިދޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ އަދި އއ. ރަސްދޫ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަަރަށް ބޮޑަށް ގޯސްވެ ބަލި ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އުފުލިފައި ހުރުމަށް ފަހު މިހާރު ނަންބަރުތައް ވަނީ ތިރިވާން ފަށާފަ އެވެ. ކޮވިޑް ބަލީގައި މަަރުވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ދަށްވެފަ އެވެ. އެޗްޕީއޭއިން މިހާރު ވަނީ ކޮވިޑަށް ޔެލޯ އެލާޓް ނެރެފަ އެވެ.