ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ފުވައްމުލަކުގައި ޕީސީއާރު ޓެސްޓް ކުރެވޭގޮތް ހަދައިިފި

ފުވައްމަލު ސިޓީގެ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓް ކުރެވޭ ޕީސީއާރް މެޝިނެއް ބަހައްޓައިފި އެވެ،

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރެވޭ ޕީސީއާރް މެޝިން ބަހައްޓައި އިއްޔެ ހިދުމަތް ދޭން ފަށައިފައިވާ ކަމަށާއި މިހާރު އެ ހޮސްޕިޓަލުން 80 ސާމްޕަލް ކޮވިޑަށް ޓެސްޓް ކުރެވޭނެ ކަމަށެވެ.

މީގެ ކުރިން ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓް ކުރަމުން ދިޔައީ އައްޑޫ އާއި މާލެއަށް ސާމްޕަލް ފޮނުވައިގެނެވެ.

ފުވައްމުލަކު ސިޓީން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 819 އަށް އަރައިފައިވާއިރު އިއްޔެ ވެސް ވަނީ ފަސް މީހަކު ޕޮޒިޓިވްވެފަ އެވެ. ކޮވިޑް ފެތުރޭތީ މިދިއަ އެޕްރީލް މަހުން ފެށިގެން ފުވައްމުލައް އަދިވެސް އޮތީ މޮނިޓަރިންގަ އެވެ.