ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ފުވައްމުލަކު މޮނިޓަރިން ދަމަހައްޓައިފި

Mar 6, 2021

ދެކުނުގެ ފުވައްމުލައް ސިޓީގެ މޮނިޓަރިން އިތުރު އެއް ހަފުތާއަށް ދަމާލައިފި އެވެ.

ކޮވިޑާ ގުޅިގެން ފުވައްމުލަކުގައި އޮތް ކާފިއު މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް އެ އަތޮޅުގެ ކޮވިޑް މޮނިޓަރިން މި މަހުގެ 15 އާ ހަމައަށް ދެމި އޮންނާނެ އެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރުވެސް އަމަލު ކުރާ ފިޔަވަޅުތަކުގެ ތެރޭގައި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލާފައި އޮތުން ހިމެނެ އެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުންވެސް ހުއްޓާލާފައި ވެއެވެ.

ފުވައްމުލަކުގައި މިހާނަތަށް 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެރަށުގައި ތިން ކުލަސްޓާއެއް އެބައޮތެވެ.

ފުވައްމުލަކުގައި ކޮވިޑު ފެތުރުނީ ދުބާއީ ދަތުރަކަށްފަހު މީހަކު ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވެގެނެވެ.