ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

އަބްދުﷲ އަހުމަދު ފައުންޑޭޝަނުން ފުވައްމުލަކަށް އެހީވެއްޖެ

May 21, 2020

ދެކުނުގެ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ، މަރްހޫމް އަބްދުﷲ އަހުމަދު ފައުންޑޭޝަނުން އެ ސިޓީއަށް ބައެއް ތަކެތި ހަދިޔާ ކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެ ފައުންޑޭޝަނުން ފުވައްމުލަކަށް ދޭ އެހީގެ ގޮތުގައި މިރޭ ހަދިޔާ ކޮށްފައި ވަނީ މާސްކާއި އަންގި އާއި ސެނިޓައިޒާ އެވެ. އެ ގޮތުން 500 އަންގި އާއި 1000 މާސްކާއި އަދި ސެނިޓައިޒާ ހިމެނެ އެވެ.

އަބްދުﷲ އަހުމަދު ދަރިކަނބަލުން އަދި ފައުންޑޭޝަންގެ ރައީސާ އާމިނަތު ޝަހުދާ މިރޭ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްތައް ފަދައިން ފުވައްމަލަކަށް އެހީވާން ޖެހިފައިވާ މި ދަނޑިވަޅުގައި އޭނާގެ ބައްޕަގެ ނަމުގައި ސިޓީއަށް އެހީއެއް ވެދެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"މި ފައުންޑޭޝަން ނިސްބަތް ވަނީ އަޅުގަނޑު ބައްޕައަށް އަދި ބައްޕައަކީ ފުވައްމުލަކުގެ ބޭފުޅެއް، އެހެންވެ މިފަދަ ދަނޑިވަޅެއްގައި ސިޓީއަށް އެހީއެއް ވެދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" ޝަހުދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފައުންޑޭޝަނުން އެހެން ބައެއް ރަށްރަށާއި ފަރުދުންނަށް ވެސް އެހީވަމުން ގެންދާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ހަރަކާތްތައް ފުޅާކޮށް އެހީތެރި ވެދޭނެ ކަމަށެވެ.

މިދިއަ ހަފުތާގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި އައްޑު އަތޮޅުގެ ރަށްރަށާއި ގޭގެއަށް ބޮޑެތި ގެއްލުންތައް ލިބުމުން އައްޑޫ ސިޓީއަށް އެހީވުމުގެ ގޮތުން ވެސް އަބްދުﷲ އަހުމަދު ފައުންޑޭޝަނުން 100،000 ރުފިޔާ ހަދިޔާ ކޮށްފައި ވެއެވެ. އަދި ކޮވިޑް-19 އާއި އެ އަތޮޅު ހުޅުދު އާއި މަރަދޫއަށް މާސްކާއި ސެނިޓައިޒާ އާއި އަންގިވެސް ހަދިޔާކޮށްފައި ވެއެވެ.