ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ފުވައްމުލަކު ނަރުހުން އެހީވެއްޖެ

ހާލުގައި ޖެހިފައިވާ ބިދޭސީނަށް ފުވައްމުލަކު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުން އެހީ ވެއްޖެ އެވެ. މި އެހީ ދީފައި ވަނީ ބައިނަލްއަގުވަމީ ނަރުހުންގެ ދުވަހާ ވެސް ގުޅުވައިގެނެވެ.

ނަރުހުންގެ ދުވަސް ފާހަގަ ކުރަން ފުވައްމުލަކު ހޮސްޕިޓަލުގެ ނަރުހުން ވަނީ ހުޅުމާލޭގެ ހިންގާ މަމަކްކެފޭއަށް އެހީވެފަ އެވެ. މަމަކް އަކީ ކޮވިޑް-19 އާއެކު ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ކާ ތަކެތި ފޯރު ކޮށްދޭން ހަރަކާތްތެރިވާ ކެފޭއެކެވެ.

މަމަކުން ފުރަތަމަ އެހީތެރިކަން ފޯރުކޮށް ދޭން ފެށީ އަމިއްލައަށް ނަމަވެސް އާއްމުންގެ އެކި ފަރާތްތަކުގެ އެހީއާއެކު، މިހާރު ހާލުގައި ޖެހިފައިވާ ބިދޭސީންނަށް މަމަކް އިން ދަނީ ކެއުން ފޯރުކޮށްދެމުންނެވެ.

މަމަކުން ބުނި ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލްގެ ނަރުުހުންގެ އެހީއަކީ އެ ފަރާތުން ނަރުހުންގެ ދުވަހުގެ މުނާސަބަތުގެ ކުރި ސޮދަގާތެކެވެ.

"ފްރަންޓްލައިންގައި މަސައްކަތް ކުރަމުން، ހުރިހާ ނަރުހުން ފަންޑް އެއްކޮށްގެން ހާލުގައި ޖެހިފައިވާ އަދި ދުވަހަކު ވެސް ދިމާނުވާ ބަޔަކަށް ކުރި މި ސޮދަގާތަކީ އޭގެ ސަބަބުން އިތުރަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ލިބުނު ހިއްވަރެއް،"

މަމަކުން ބުނިގޮތުގައި މިހާތަނަށް އެމީހުނަށް 160000 ރުފިޔާ އެކި ފަރާތްތަކުގެ ޑޮނޭޝަންގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ހާލުގައި ޖެހިފައިވާ މީހުނަށް ދުވާލަކު 210 މީލް ޕެކް ތައްޔާރު ކުރެވެ އެވެ.

މަމަކް ގެ ފަރާތުން އަވަސް އަށް މައުލޫމާތު ދެމުން އާމިރު މުސްތަފާ ބުނީ ރޯދަމަސް ނިމޭއިރު މިހާތަނަށް ލިބިފައިވާ ފައިސާއިން 3،874 ޑޮނޭޝަން މީލް ތައްޔާރު ކުރާނެ ކަމަށެވެ.